ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ މާލިއްޔަތުގެ ރުއްގަސް ކުއްޔަށް ދޫކުރުން.

 ނިލަންދޫ ރައްޔިތުންގެ މާލިއްޔަތުގެ ރުއްގަހުގެ ނަމުގައި ކުރިން ބަލަމުންއައި ރުއްތަކުގެތެރެއިން  ފޯދުނު 310 (ތިންސަތޭކަ ދިހަ ) ރުކާއި ފޯދުނު 3 (ތިނެއް) ބަނބުކެޔޮގަސް، މަހަކު 3,000/- (ތިންހާސް) ރުފިޔާ އަށް ވުރެ ކުޑަނޫން އަގަކަށް 5 (ފަހެއް) އަހަރަށް  ކުއްޔަށް  ދޫކުރުމަށް  ކޮށްފައިވާ  މިއިދާރާގެ  ނަންބަރު: (IUL)374-C/374/2021/29  (05 އޮގަސްޓް 2021) ގެ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.

        މާލިއްޔަތުގެ ރުއްގަސް ހުރި ތަންތަން ބައްލަވަން ބޭނުންފުޅުވާ ބޭފުޅުން 2021 އޮގަސްޓް 22 (ފަހެއް) ވަނަ ދުވަހުންފެށިގެން 2021 އޮގަސްޓް 26 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހަކު 9:00 އިން 12:00 އާދެމެދު، ރުއްގަސް ހުރި ތަންތަން ދެއްކުމާއި މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނެއެވެ.

ވީމާ، ނިލަންދޫ މާލިއްޔަތު ރުއްގަސް ކުއްޔަށް ހިފަން ބޭނުންފުޅުވާ ބޭފުޅުން، " ނިލަންދޫ މާލިއްޔަތުގެ ރުއްގަސް ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2021 އޮގަސްޓް 29 ވާ އާދީއްތަ  ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

ރުއްގަސް ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމުމިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

 

11 މުޙައްރަމް 1443

19 އޮގަސްޓް 2021

19 އޮގަސްޓް 2021
ހޯދާ