މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

އިޢުލާން

 

މަޤާމު:

ހިއުމަން ރިސޯސް އޮފިސަރ

 

ބޭނުންވާ އަދަދު:

01 (އެކެއް)

 

މަޤާމުގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް ކުރެވޭ ތާރީޚުން ފެށިގެން 14 ޖަނަވަރީ 2022 އާ ހަމައަށް)

 

މަޤާމުގެ ރޭންކް:

އެމް އެސް 1

 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ، ކޯޕަރޭޓް ސެކްޝަން، ކ. މާލެ

 

މުސާރަ:

މަހަކު -/5610 ރުފިޔާ

 

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

 

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު)
  2. ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި 700/- (މަހަކު)
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      މުވައްޒަފުންގެ އުޖޫރައާއި އިނާޔަތްތައް ދިނުމުގެ އެންމެހާ ކަންތައްތައް ކުރުން.

2-      މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލުމުގެ މަސައްކަތްތައް ސިވިލް ސަރވިސްގެ ކޮމިޝަންގެ "ދިވެހިސިވިލްސަރވިސްގެ މަސައްކަތުފެންވަރުބެލުމާބެހޭ އުޞޫލް" ގެ އަތްމަތީފޮތާއި އެއްގޮތަށް ކުރިއަށް ގެންދިއުން.

3-      އޮތޯރިޓީގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމުތައް ހޯދައި، ޓްރޭނިންގ ރިކުއާރމެންޓް ތައްޔާރުކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި އޮންނަ ޓްރޭނިންގތަކުގައި މުވައްޒަފުން ބައިވެރިކުރުމުގެ މަސައްކަތްތައްކުރުން. އަދި އޮފީހުގައި ބާއްވާ ތަމްރީންތައް އިންތިޒާމްކުރުން

4-      މުވައްޒަފުންގެ ޕެންޝަން ސްކީމާއި ގުޅޭ އެންމެހާ ކަންތައްތައް ކުރުން.

5-      އޮތޯރިޓީގެ އޮނިގަނޑަށާއި މުވައްޒަފުންގެ ވަޒީފާތަކަށް ގެންނަންޖެހޭ ބަދަލުތައް ސިވިލް ސަރވިސް ކޮމިޝަންގެ ވިއުގަރ މެދުވެރިކޮށް ގެނައުން.

6-      މުވައްޒަފުންނާއި ގުޅޭގޮތުން އެޗް. އާރް.އެމް.ޑީ ކޮމެޓީއަށް ހުށަހެޅޭ މައްސަލަތައް ހުށަހަޅައި ކޮމެޓީގެ ނިންމުމާއި އެގޮތަށް އެކަންކަން ތަންފީޒުކުރުން.

7-      ސަރުކާރު މުވައްޒަފަކު ނިޔާވެއްޖެނަމަ އެކަން އަންގަންޖެހޭ ފަރާތަކަށް އެންގުން.

8-      މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ބެލެހެއްޓުމާއި މުވައްޒަފުންގެ ޑޭޓާ އަޕްޑޭޓްކޮށް ބެލެހެއްޓުން.

9-      މަސައްކަތާއި ގުޅޭގޮތުން ލިބޭ ލިޔެކިޔުންތަކާއި ޑޮކިއުމެންޓްތައް ދުވަހުން ދުވަހަށް ސިސްޓެމެޓިކްކޮށް ފައިލްކޮށް ބެލެހެއްޓުން

10-  ސެކްޝަންގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން.

11-  ސެކްޝަނަށް އަންނަ، މަސައްކަތާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.

12-  އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މުވައްޒަފުންނަށް ދެވޭ އުޖޫރަޔާއި އިނާޔަތްތަކާއި ގުޅޭ މައުލޫމާތު ހިމެނުމަށްޓަކައި ފައިނޭންސް ސެކްޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

13-  މީގެ އިތުރުން ސެކްޝަނުން ހަވާލުކުރާ ވަޒީފާގެ ދާއިރާއާއި ގުޅުންހުރި މަސައްކަތްތައްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ހިއުމަން ރިސޯސް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމަށް ކަނޑައަޅާފައިވާ ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަޤާމަށް ކަނޑައަޅާފައިވާ  ކޯ ޑިސިޕްލިން:

  • ހިއުމަން ރިސޯސް

 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ހިއުމަން ރިސޯސް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން  http://www.csc.gov.mv/download/15151 އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަންއަންގައިދޭ ކާޑުގެ މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑުތަކަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިންhttps://myaccount.csc.gov.mv/  އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،  ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ  އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމް"

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޯގަސްޓު 29 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ (އަމީނީމަގު،މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

 

އިންޓަރވިއު އާއި އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2021 އޯގަސްޓު 30 އާއި 2021 ސެޕްޓެންބަރު 15 އާއި ދެމެދު، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ. 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7384892 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

11 މުޙައްރަމް 1443

19 އޯގަސްޓް 2021

 

 

19 އޮގަސްޓް 2021
ހޯދާ