ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ސްކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 23 އޮގަސްޓް 2021 09:16 ގައި ބާތިލް ކުރެވިފައެވެ.


މި ސްކޫލުން ދޭ މައުލޫމާތާ އެއްގޮތަށް ތިރީގައި ބަޔާންކުރެވިފައިވާ މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

  1. ފައުންޑޭޝަން ސްޓޭޖް ދަރިވަރުންގެ ޕްލޭ އޭރިއާ ހެދުމުގެ މަސައްކަތް
  2. ޕްރިންސިޕަލް ރޫމް،ހެލްތު ރޫމް، ލީޑިން ޓީޗަރސް ރޫމް އަދި ހޯލުގެ އެންޓްރެންސް އޭރިއާގައި ޓައިލްސް ޖެހުން

 

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި ބީލަމުގައި ރަޖިސްޓްރީކުރުމަށް، 19 އޮގަސްޓް 2021 އިން 22 އޮގަސްޓް 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް، ކުންފުނި/ފަރާތުގެ ނަން، ގުޅޭނެފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު، ހިމަނުއްވައި ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުމުން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

 

ރަޖިސްޓްރޭޝަން ފޯމުގެ ލިންކް:  https://forms.gle/zYZyxpyeEj8PQWM37

އީ-މެއިލް: [email protected]

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 އޮގަސްޓް  2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 23 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

ބިޑް ހުޅުވުން އޮންނާނީ 26 އޮގަސްޓް 2021  ވާ ބުރާސްފަތި ދުވަހުގެ ހެދުނު 11:00 ގައި ނޫރާނީ ސްކޫލްގައެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި ޢިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ. 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

       ނޫރާނީ ސްކޫލް

      ފޯން: 6885917

      އީ-މެއިލް: [email protected]

18 އޮގަސްޓް 2021
ހޯދާ