ނިލަންދޫ ސްކޫލް/ ގއ. ނިލަންދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

 

 

   ނިލަންދޫ ސުކޫލް

 ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ                                                           ދިވެހިރާއްޖެ                                                              NILANDHOO SCHOO                 

North Huvadhu Atoll, Nilandhoo                                                                                                                                       Republic of Maldives                                                     

GS-195/IUL-2021/11ނަމްބަރު:                                      ތާރީޙް: 18 އޮގަސްޓް 2021

 

 

އިޢުލާނު

 

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

J-113843

މަޤާމުގެ ނަންބަރު:

01

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ.އެސް.3

މަޤާމުގެ ރޭންކް:

 އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ނިލަންދޫ ސުކޫލް/ގއ ނިލަންދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

4465 ރުފިޔާ

މުސާރަ:

1500 ރުފިޔާ

ސަރވިސް އެލެވަންސް:

01. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700ރުފިޔާ.

02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

03. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

04. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

އެހެނިހެން އެލަވަންސް:

 

 

 

           

1- އޮފީސް ހުޅުވާ ލެއްޕުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

2- ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ސްކޫލުގެ ފައިސާގެ ލިޔެކިޔުންތައް ލިޔެ ބެލެހެއްޓުން.

3- ސްކޫލްގެ ބަޖެޓް ބެލެހެއްޓުމާއި، މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.

4- ސްކޫލުން އަދާކުރަންޖެހޭ ފައިސާގެ ބިލްތައް ޤަވާޢިދުން ދައްކާ ނިންމުން.

5- މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަހުންމަހަށް ޙާޟިރީ ރިޕޯރޓް ތައްޔާރު ކުރުމާއި އަދި ކޮންމެ މީލާދީ މަހެއްގެ 16 ގަ ގަޑީލާރި ރިޕޯރޓް ތައްޔާރު ކުރުމަށްފަހު ބަޖެޓްސެކްޝަނާއި ޙަވާލުކުރުމާއި މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތައް ބަލަހައްޓާ ޗުއްޓީ ހުއްދަ ތައްޔާރުކުރުން.

6- އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެމޯ ފަދަ ލިޔުންތައް ލިޔުމާއި އެކިފަރާތްތަކުން ލިބޭ ލިޔުންތަކަށް ޖަވާބުލިޔުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް އެފަދަތަކެތި ފޮނުވުމުގެ ކަންތައްކުރުމާއި ފައިލްކުރުން.

7- ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިންކުރުން.

8- މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން. މިގޮތުގެ މަތިން ވަޒީފާއަށް އަލަށް ވަންނަ މުވައްޒަފުންނާއި ވަޒީފާއިން ވަކިވާ ނުވަތަ ބަދަލުވާ މުވައްޒަފުންގެ މަޢުލޫމާތުތައް، ޗިޓުގައިވާ ގޮތަށް ރަޖިސްޓްރީގައި ލިޔެ ފުރިހަމަކުރުން.

9- ސްޓޮކުން ތަކެތި ދޫކޮށް ސްޓޮކް ބާކީކޮށް އަޕްޑޭޓްކުރުން އަދި ފައިލްކޮށް ބެލެހެއްޓުން

10- އެންޓްރީ ދުވަހުން ދުވަހަށް ކުރުމާއެކު ކަމާބެހޭ ވެރިޔެއްގެ އަރިހަށް ގެންގޮސް އަންގަވާ ގޮތެއްގެ މަތިން ޢަމަލުކުރުން.

11- ސްކޫލްގެ އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަންކުރުން.

12- ސްކޫލުގައި ފާހަގަ ކުރެވޭ ޚާއްޞަ ރަސްމިއްޔާތުތަކުގައި ހިންގޭ ޙަރަކާތްތަކުގައި ކަންކަމަށް އިސްވެ ތިއްބަވާ   މުވައްޒަފުން އަންގާ ގޮތެއްގެ މަތިން  މަސައްކަތްކުރުން.  މި ކަންކަމުގެ އިތުރުން ސްކޫލުގެ ވެރިން އަންގާ ކަންކަމާއި، އެކިއެކި ކަންކަމުގައި އިސްވެ ތިއްބަވާ މުވައްޒަފުން ޙަވާލުކުރާ މަސައްކަތްކުރުން.

13- ސްކޫލްގައި ހިންގާ ހަރަކާތްތަކުގެ އިތުރުން އެކަޑެމިކް މުވައްޒަފުން ރާވާ ހިންގާ އިވެންޓްތަކާއި، މާކެޓިންގ އިވެންޓްސް އަދި ފަންޑް ރެއިސިންގ އިވެންޓްތަކުގައި އެކުވެރި މާޙައުލެއްގައި މަސައްކަތްކޮށް މިފަދަ ޙަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން "ސެކަންޑްރީ ސުކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސުކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް

 ޕްރިފަރޑް ޑިސިޕްލިން:  ނެތް

 ކޯ ޑިސިޕްލިން:  ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 - އެޑްމިނިސްޓްރޭޝަން

 - މެނޭޖްމަންޓް

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު  (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.  

 (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-     ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7-   ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:  

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޔެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު، އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 ދާއިރާ

ބެލެވޭނެ ބައިތައް

ޕޮއިންޓް

އިންސައްތަ (%)

ކެޓަގަރީގެ ޖުމުލަ

ތައުލީމް

ލިބިފައިވާ ތައުލީމް

35

15

15

 މަސައްކަތު ތަޖުރިބާ

މަގާމްގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

20

10

10

 ލިބިފައިވާ ހުނަރު

 

 އިމްތިހާން / ޕްރެކްޓިކަލް

50

25

75

އިންޓަރވިއު

100

50

  ޖުމުލަ

 

205

100

100

 

 

 

 

 

 

 

 

 

ނޯޓް

މަޤާމަށް އައްޔަށްކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %35  އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 29 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން، ނިލަންދޫ ސުކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ.( އީމެއިލް [email protected] މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމްތަކާއި ލިޔެކިޔުންތަށް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.)

އިއުލާނުގެ ސުންގަޑި  ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭއެވެ.

 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  30 އޮގަސްޓް 2019  އާއި 31 އޮގަސްޓް 2021   އާ ދެމެދު، ނިލަންދޫ ސުކޫލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

އިންޓަވިއު   އޮންނާނެ ތަނާއި، މުއްދަތު:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7983074 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

           10  މުހައްރަމް  1443

           18  އޮގަސްޓް 2021

 

 

 

ޚަދީޖާ އިބްރާހިމް

ޕްރިންސިޕަލް 

 

18 އޮގަސްޓް 2021
ހޯދާ