ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މީޑިއާ ޕާޓްނަރެއް ހޯދުން

މިއޮތޯރިޓީ އަށް  ދިވެހި އަދި އިނގިރޭސި ބަހުން ޚަބަރު، އިޝްތިހާރު އަދި ޕަބްލިކް ރިލޭޝަންސް ގެ ތަފާތު އެކި މަސައްކަތް ކޮށްދޭނެ މީޑިއާ ޕާޓްނަރެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޓެޗްމަންޓްގައިވާ ޓީ.އޯ.އާރާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބާއެކު އެޓެޗްމްންޓްގައިވާ ޗެކް ލިސްޓް ފުރިހަމަކުރައްވަންވާނެއެވެ. 

މަޢުލޫމާތު ސާފުކުރުން:

  1. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި  މިއޮތޯރިޓީގައެވެ. މި ބައްދަލުވުމުގައި ކުރެވޭ ސުވާލުތަކަށް ދެވޭ ޖަވާބު އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިއުކެރެވޭނެ އެވެ.

ޕްރޮޕޯސަލް ބަލައިގަތުން:

  1. އަންދާސީ ހިސާބުތައް ބަލައިގަތުން ކުރިއަށްދާނީ 30 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މި އޮފީހުގެ ކޮންފަރެންސް ރޫމްގައެވެ. 10:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަ ދެންނެވީމެވެ.
  1. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހަޅުއްވާނީ ވަކި ވަކިން 2 ސިޓީއުރައިގައެވެ.  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮތޯރިޓީގެ ފޯނު ނަމްބަރު: 3336619 އަށް ގުޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ އެޑްރެސް

 

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް:3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

 

9 މުޙައްރަމް 1443

17 އޮގަސްޓް 2021

 

17 އޮގަސްޓް 2021
ހޯދާ