ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯފެން އުފުލައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ބޯފެން އުފުލައިދޭނެ ފަރާތެއް ހޯދުން

ދ. އަތޮޅު ރަށްރަށުގެ ތެރެއިން ހޫނު މޫސުމުގައި ބޯފެނަށްޖެހޭ ރަށްރަށަށް ބޯފެން އުފުލުމަށް ބޭނުންވެއެވެ.

މިކަމަށް އެދޭ ފަރާތްތަކުން، ބޯފެން އުފުލުމާއި ބެހޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާފައިވާ "ރައްކާތެރި ގޮތުގައި އެއްތަނުން އަނެއްތަނަށް ގަނޑުކޮށް ބޯފެން އުފުލުމާއި ބެހޭ މިންގަނޑު" އާއި އެއްގޮތަށް ބޯފެން ފޯރުކޮށްދެން ބޭނުންވާކަން 2021 އޯގަސްޓް 29 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ނަން ރަޖިސްޓްރީ ކުރުމަށްފަހު، ބޯފެން ފޯރުކޮށްދެވޭނެ އަގާއި އެކަން ކުރާނެ ގޮތުގެ ތަފްޞީލް 2021 ސެޕްޓެމްބަރ 01 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިއިޢުލާނާ އިއެކު ބޯފެން އުފުލުމާއި ބެހޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާފައިވާ "ރައްކާތެރި ގޮތުގައި އެއްތަނުން އަނެއްތަނަށް ގަނޑުކޮށް ބޯފެން އުފުލުމާއި ބެހޭ މިންގަނޑު" އާއި ނަމޫނާ ޓެންޑަރ ޑޮކިއުމެންޓެއް އެއްހީރަސް ކުރެވިފައިވާނެއެވެ. ބޯފެން ފޯރުކޮށްދެވޭނެ އަގާއި އެކަން ކުރާނެ ގޮތުގެ ތަފްޞީލް  ހުށައަޅާނީ ނަމޫނާ ޓެންޑަރ ޑޮކިއުމަންޓުގައިވާ ގޮތަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

16 އޮގަސްޓް 2021
ހޯދާ