ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ރ.ވަންދޫގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރުތައް ކުރުމަށް ބޭނުންވާ ފެރީ ދޯންޏެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު : WAMCO-PRO/IUL/2021/034

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ރ.ވަންދޫގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރުތައް ކުރުމަށް ބޭނުންވާ ފެރީ ދޯންޏެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ރ.ވަންދޫގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރުތައް ކުރުމަށް ބޭނުންވާ ފެރީ ދޯންޏެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަމްބަރު  WAMCO-PRO/IUL/2021/030  އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ގެނެވުނު ބަދަލަކާއި ގުޅިގެން ދެންނެވުނު އިޢުލަން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މާލެ އިންޑަސްޓްރިއަލް ޒޯންގައި ހުންނަ ވެމްކޯގެ އޮފީހަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

 ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައި ނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

19 އޮގަސްޓް 2021 (ބުރާސްފަތި)

11:00 (ހެނދުނު)

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

ބީލަން ހުށަހެޅުން

26 އޮގަސްޓް 2021 (ބުރާސްފަތި)

11:00 (ހެނދުނު)

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

 

 

 

 

 

2021 އޮގަސްޓް 26 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ލިބޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބައިންޑްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ. 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804  ފެކްސް ނަންބަރު:  3000584 

[email protected]

16 އޮގަސްޓް 2021

16 އޮގަސްޓް 2021
ހޯދާ