މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު-މަސައްކަތު (ކޮންޓްރެކްޓް އުސޫލުން/ 1 އަހަރު)

  • މަޤާމް                            

 މަސައްކަތު ( 1 އަހަރު / ކޮންޓްރެކްޓް )

  • ބޭނުންވާ އަދަދު:  

  2  ( ދޭއް )

  • މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން : 

  ރ.މީދޫ ކައުންސިލް އިދާރާ

  • މުސާރަ :
  • މަހަކު 6500 (ހަ ހާސް ފައްސަތޭކަ )ރުފިޔާ
  • އިތުރު ގަޑީގައި މަސަތްކަތް ކުރާނަމަ އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  • ރަމަޟާން މަހު އިނާޔާތުގެ ފައިސާގެ ގޮތުގައި 3000 (ތިންހާސް ރުފިޔާ ) ދެވޭނެއެވެ.
  • މަޤާމުގެ މައްސޫލިއްޔަތު:

 1- ރަށުގެ މަގުތަކާއި ޕާކުތަކާއި މައިދާންފަދަ ތަންތަން ވަގުތީގޮތުން ހުޅުވުމާއި ބަންދު ކުރުމާއި އެތަންތަން ސާފުކޮށް ބެލެހެއްޓުން

 2- އިޖުތިމާއީ މަރުކަޒު ތަކާއި ކުޅިވަރު ކުޅޭ ޢާއްމުދަނޑުތަކާއި،ބިންތައް ސާފުކޮށް ބެލެހެއްޓުން

 3- މަގުތައް ބެލެހެއްޓުން

 4- ގޮނޑުދޮށްތައް ސާފުކޮށް ބެލެހެއްޓުން

 5- ޤަބުރުސްތާން ނޮޅާ ސާފުކޮށް ބެލެހެއްޓުން

 6- އިޖުތިމާޢީ ސަރަހައްދު ތަކުގައިވާ ގަސްތައް ކޮށާ ބެލެހެއްޓުން

 7- މަސައްކަތް ކުރުމަށް ކައުންސިލުން ހަވާލުކުރާ  އާލާތްތައް ސާފުކޮށް ބެލެހެއްޓުން

 8- މި ވަޒީފާގެ ބަޔާނުގައި ހިމެނިފައި ނުވާ ކަމެއް ކޮންމެހެން ކުރަން ޖެހޭ ޙާލަތުގައި ކައުންސިލުން ހަވާލުކުރާ މަސައްކަތެއް ކުރުމުގައި އެހީތެރިވުން

  • ވަޒީފާއަށް ޤާބިލް ފަރާތެއް ހޯދުމަށް ބެލޭނެ ކަންކަން:
  •  މަސައްކަތުގެ ތަޖުރިބާއާއި،ހުނަރާއި ޤާބިލުކަމަށް ބެލޭނެއެވެ
  •  ހުށަހަޅުއްވަންޖެހޭ ތަކެތި:
  •  ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ) މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭފަދަ ކޮޕީއެއް
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  •  އިންޓަވިޢު އޮންނާނެ ތަނާއި މުއްދަތު:
  •  މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިޢު އޮންނާނީ (އޮގަސްޓް 31 ) ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ރ.މީދޫ ކައުންސިލް އިދާރާގައެވެ.
  •  ތަކެތި ހުށަހެޅުމުގެ ސުންގަޑި:
  •  26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން (މި މުއްދަތުގެ ތެރޭގައި މިހާރު ރަސްމީ ދުވަހެއްގެ ގޮތުގައި އޮތް ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ އެދުވަސްތަކަށް އިތުރު ދުވަސް ދެވޭނެއެވެ.
  • މަސައްކަތް ކުރަންޖެހޭ ވަގުތު: 
  •  ދުވާލަކު 8 ގަޑިއިރު (ހަފްތާއަކު 6 ދުވަހު)

ވީމާ، މި މަޤާމަށް ޝަޢުގުވެރިވެ ލައްވާ ފަރާތް ތަކުން އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

16 އޮގަސްޓް 2021
ހޯދާ