ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. އަތޮޅު ކައުންސިލްގެ ޑެކޯރާ ލާންޗްގައި އައުޓްބޯޑް 2 އިންޖީނު އިންސްޓޯލް ކުރުން

މިއިދާރާއަށް އައުޓްބޯޑް 250 ހޯސްޕަވަރގެ 2 އިންޖީނު ސަޕްލައިކޮށްމިއިދާރާގެ ލާންޗްގައި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ދައުވަތު ހުޅުވާލެވިފައިވަނީ ރާއްޖޭގައި މިފަދަ މަސައްކަތް ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

ވީމާ، މިތަކެތި ސަޕްލައި ކޮށްދީ އިންސްޓޯލް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 އޯގަސްޓް 2021 ވާ ހޯމަދުވަހުން ފެށިގެން 25 އޯގަސްޓް 2021 ވާބުދަ ދުވަހުގެ 14.00 ގެ ކުރިން ބީލަން ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަކުރެއްވުމަށް ފަހު  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މި އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާހުގެ ސޮފްޓް ފައިލް ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް 26 އޯގަސްޓް 2021 ވާ ބުރާސްފަތި  ދުވަހުގެ 10.00 ގެކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 08 ސެޕްޓެމްބަރ 2021 ވާ ބުދަ 11.00 ގައި ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެލައްވާނަމަ 25 އޯގަސްޓް 2021 ވަނަދުވަހުގެ 13.00 ގެކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. ފޮނުވޭ ސުވާލުތަކުގެ ޖަވާބު 30 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 10.00 ގެ ކުރިން މެއިލް އިން ފޮނުވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ބީލަމާއި ގަޑިޖެހިގެން ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

16 އޮގަސްޓް 2021
ހޯދާ