ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނީލަން ކިޔުމާގުޅޭ

އިޢްލާން

ރުއްގަސް ނީލަން ކިޔުމާގުޅޭ

          ދ.މާއެނބޫދޫގައި ކުޑަކުދިންގެ ޕާކުއެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުން ނަގާފައިވާ ރުއްގަހާއި، ނަރުދަމާ ޕަމްޕު ސްޓޭޝަން ކައިރިން

ނަގާފައިވާ ރުއްތަކާއި، އަދި ރަށުގެ  އެކިސަރަހައްދު ތަކަށް  ވެއްޓިފައިވާ ރުއްތައް  ނީލަމުގައި ވިއްކާލަން ނިންމައިފީމެވެ.

         މި ނީލަން ކިޔުން  އޮންނާނީ 2021 އޯގަސްޓް 24 ވާ  އަންގާރަ  ދުވަހުގެ 10:00 ގައި އެސަރަޙައްދު ތަކުގައެވެ. ނީލަމުގެ ފައިސާ

ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2021 އޯގަސްޓް 25 ވާ ބުދަ ދުވަހުގެ 9:00 ން 12:00 އަށެވެ. ނީލަމުން ތަކެތި ނަގާ  ފަރާތްތަކުން 2021 ސެޕްޓެމްބަރ

02 ވާ  ބުރާސްފަތި  ދުވަހުގެ  ނިޔަލަށް  ނީލަމުންނެގި ރުއްގަސް ތަކުގެ ބުޑާއެކު އެސަރަޙައްދުން  ގެންދަވާ ތަންސާފްކުރުމަށްފަހު ކައުންސިލަށް އެކަން  އަންގަންވާނެއެވެ. ވެއްޓިފައިވާ ރުއްތަކުގެ ބުޑުތައް ބިމާހަމައިން ނަގާ ސާފުކުރަންވާނެއެވެ. ނަމަވެސް ދިމާވާ ހާލަތަކާގުޅިގެން މިދެންނެވި މުއްތަދުގައި ނީލަމުންނަގާ ރުއް، ގަސްތައް އެސަރަހައްދު ތަކުންނަގާ ބިންސާފުކުރުމުގައި ދަތިތަކެއް ދިމާވެއްޖެނަމަ  ކައުންސިލާ  މަޝްވަރާކޮށް އެ މުއްދަތު  އިތުރު ކުރެވިދާނެއެވެ.

         ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

         16 އޯގަސްޓް 2021

16 އޮގަސްޓް 2021
ހޯދާ