ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުލިދޫ ދެކުނު ފަރާތު އަތިރިމަތީގައި އިންދާފައިވާ ރުއްގަސް ނެގުމާގުޅޭ.

އިޢުލާން

ފުލިދޫ ދެކުނު ފަރާތު އަތިރިމަތީގައި އިންދާފައިވާ ރުއްގަސް ނެގުމާގުޅޭ.

                           ވ،ފުލިދޫ އަސުރުމާގެ ގޯތިން ފެށިގެން ވާގަލި ގޯއްޗާއި ދެމެދު އަތިރިމަތީގައި މިކައުންސިލުން ހުއްދަ ނުނަގާ އިންދާފައިވާ ރުއްގަހުގެ ވެރިންގެ މަޢުލޫމާތު ހޯދުމަށް ކައުންސިލްގެ 4ވަނަދައުރުގެ 15ވަނަ ޖަލްސާއިން ވަނީ ފާސްކުރައްވާފައެވެ.

                     ވީމާ މިރުއްގަހުގެ ވެރިފަރާތުގެ މަޢުލޫމާތު 25 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލާ ހިއްސާކުރުމަށްފަހު މިމުއްދަތުތެރޭގައި ކައުންސިލުން ދައްކާ ސަރަހައްދެއްގައި މިރުއްގަސް އިންދުމަށް ދަންނަވަމެވެ.

                           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.

                           08   މުޙައްރަމް   1443

                           16  އޮގަސްޓް   2021

16 އޮގަސްޓް 2021
ހޯދާ