ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުސޫލު ނަންބަރު: 400/CIR/2017/04 (ހައްދުންމަތީ މާވަށު ރައްޔިތުންގެ ޕްރީސްކްލް އިމާރާތް ކުއްޔައްދިނުމުގެ އުސޫލް) އަށް 1 ވަނަ އިސްލާހް ގެނައުމުގެ އުސޫލް

އުސޫލު ނަންބަރު: (400/CIR/2017/4) (ހައްދުންމަތީ މާވަށު ރައްޔިތުންގެ ޕްރީސްކްލް އިމާރާތް ކުއްޔައްދިނުމުގެ އުސޫލް) އަށް 1 ވަނަ އިސްލާހް ގެނައުމުގެ އުސޫލް

 

އުސޫލު ނަންބަރު: 400/CIR/2017/04 (ހައްދުންމަތީ މާވަށު ރައްޔިތުންގެ ޕްރީސްކްލް އިމާރާތް ކުއްޔައްދިނުމުގެ އުސޫލް) އަށް، އަންނަނިވި އިސްލާހުތައް ގެނައުން،

 1. ބުނެވިދިޔަ އުސޫލުގެ 3 ވަނަ މާއްދާގެ(އިމާރާތް ކުއްޔައްދިނުން، ކުލި) (ހ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

އިމާރާތް ކުއްޔައްދިނުން، ކުލި   

3

(ހ) މިއުސޫލާއި އެޓޭޗް ކުރެވިފައިވާ ޗާޓުގައި، ފާހަގަކުރެވިފައިވާ އިމާރާތާއި، އެއިމާރާތުގެ ގޯތި ކުއްޔައްދޫކުރެވޭނީ ޖުމްލަ ދިހައަހަރު ދުވަހުގެ މުއްދަތަށެވެ.

 2. ބުނެވިދިޔަ އުސޫލުގެ 3 ވަނަ މާއްދާގެ(އިމާރާތް ކުއްޔައްދިނުން، ކުލި) ތިރީގައި ނަކަލުކޮއްފައިވާ ނުކުތާ(ރ) އުނިކުރުން.

އިމާރާތް ކުއްޔައްދިނުން، ކުލި   

3

(ރ)  މިއުސޫލާއި އެޓޭޗް ކުރެވިފައިވާ ޗާޓުގައި، ފާހަގަކުރެވިފައިވާ އިމާރާތާއި ގޯތި ކުއްޔައް ހިފާފަރާތުން، ކައުންސިލާއި ވެވޭ އެއްބަސްވުމުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި، 6 މަސްދުވަހުގެގެ ކުއްޔައްވާ ފައިސާ ކައުންސިލައް ދައްކަންވާނެއެވެ. މިފައިސާ އަނބުރާ ދެވޭނީ މިއުސޫލުގެ 6 ވަނަ ނަންބަރުގެ(ހ) ގައިވާ ގޮތަށް ގޯތީގެ ވަށާފާރު ރާނާ ނިންމުމުންނެއެވެ.

 3. ބުނެވިދިޔަ އުސޫލުގެ 3 ވަނަ މާއްދާގެ(އިމާރާތް ކުއްޔައްދިނުން، ކުލި) (ބ) އަންނަނިވި ގޮތަށް އިސްލާހު ކުރުން. 

އިމާރާތް ކުއްޔައްދިނުން، ކުލި   

3

(ބ) އިމާރާތަށް ކުލިދައްކަން ފަށަންޖެހޭނީ ކުއްޔައްހިފާ މަހުން ފެށިގެންނެއެވެ.

 

4. ބުނެވިދިޔަ އުސޫލުގެ 6 ވަނަ މާއްދާގެ(ތަން ބެލެހެއްޓުމާއި ހިންދުމުގެ ޚަރަދުތަށް،ޚިދުމަތްތަށް) ތިރީގައި ނަކަލުކޮއްފައިވާ ނުކުތާ(ހ) އުނިކުރުން.

ތަން ބެލެހެއްޓުމާއި ހިންދުމުގެ  ޚަރަދުތަށް،ޚިދުމަތްތަށް       

6

(ހ) މިއުސޫލާއި އެޓޭޗްކުރެވިފައވާ ޗާޓުގައި، ފާހަގަ ކުރެވިފައިވާ އިމާރާތުގެ ގޯތީގެ ވަށާފާރު، ކުއްޔައް ނަގާތާ ގިނަވެގެން 6 މަސްދުވަސްތެރޭ، ތިރިވެގެން 3 ފޫޓަށް ރާނާސިމެންޓި ޖެހުމަކީ ބިންކުއްޔައް ނަގާފަރާތުން ކުރަންޖެހޭކަމެކެވެ. އަދި ވަށާފާރު ރާނައި ސިމެންތި ޖަހަންޖެހޭނީ މިފަދަ މަސައްކަތްތަކުގެ ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށް، ކައުންސިލްގެ ލަފާގެ މަތިންނެވެ.

20 ޖަނަވަރީ 2021
ހޯދާ