ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ކައުންސިލްގެ އިދާރާގެ އައު އޮފީސް އިމާރާތް

ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓްގައި ހިމަނައިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ހޯނޑެއްދޫ ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަޝްރޫޢު އަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލަމެވެ.

 

މި މަޝްރޫޢުއާއި ގުޅޭ ބީލަން ފޮތް ތިރީގައި ދެންނެވިފައިވާ ލިންކުން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.

 

https://drive.google.com/drive/folders/1wDZMblQrDmfy_wc7hUbtbm_mDov4A5Rz?usp=sharing

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށް ގަނޑުތައް ނުނެއްޓޭނޭގޮތަށް  ބައިންޑް/ހީރަސްކުރެވި ސިޓީއުރައިގައި ބަންދުކޮށްފައެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލް އިދާރާ

ގދ.ހޯނޑެއްދޫ، ދިވެހިރާއްޖެ.

ގދ. ހޯނޑެއްދޫ ކައުންސިލްގެ އައު އިމާރާތް އެޅުމާއި ބެހޭ އިޢުލާނު ނަންބަރު: (IUL)417-CA/417/2021/59

ރެޖިސްޓްރޭޝަން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ގދ.ހޯޑެއްދޫ ކައުންސިލް އިދާރާ ގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2021 އޮގަސްޓް 23 ވަނަ ދުވަހުގެ 12:00 އާއި ހަމަޔަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 12:00 އާއި ދެމެދު ގދ.ހޯނޑެއްދޫ ކައުންސިލް އިދާރާގެ ރިސެޕްޝަންގައެވެ. އަދި މިމުއްދަތު ތެރޭގައި އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ގުޅޭނެ ނަންބަރު ބަޔާންކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވިދާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ޕްރީ ބިޑް ބައްދަލުވުން

މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2021 އޮގަސްޓް 23 ވަނަ ދުވަހުގެ 13:15 ގައި ހޯނޑެއްދޫ ކައުންސިލް އިދާރާގައެވެ.

މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓްކުރާ ތާރީޙުން ފެށިގެން އިން 2021 އޮގަސްޓް 23 އާއި ދެމެދު [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. ނުވަތަ ކައުންސިލް އިދާރާއަށް ޙާޟިރުވެގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ބިޑު ހުޅުވުން

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2021 ސެޕްޓެމްބަރ 08 ވަނަ ދުވަހުގެ 13:15 ގައި ގދ.ހޯނޑެއްދޫ ކައުންސިލް އިދާރާގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 08 ވަނަ ދުވަހުގެ 13:15 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލް އިދާރާ

ގދ.ހޯނޑެއްދޫ، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 އޮގަސްޓް 2021
ހޯދާ