އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - މަސައްކަތު (އެސް.އެސް 3) - އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާވިސް ސެކްޝަން

(IUL)38-AB/38/2021/684: ނަންބަރު 

އިޢުލާން

އިދާރީގޮތުން  ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަކުރުމަށްބޭނުންވާތީ، މަސައްކަތު (އެސް. އެސް 3) ގެ މަޤާމަށް މީހަކު ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު: IUL]38-AB/38/2021/674] (3 އޮގަސްޓު 2021) އިޢުލާނު ބާޠިލުކޮށް، މިމަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

 މަޤާމު:

 މަސައްކަތު (އެސް.އެސް 3)

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ސެކްޝަން:

 އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާވިސް ސެކްޝަން

 އަސާސީ މުސާރަ:

 މަހަކު 3875.00 (ތިންހާސް އަށްސަތޭކަ ހަތްދިހަފަސް ރުފިޔާ)

 ސާރވިސް އެލަވަންސް:

 މަހަކު 1000.00  (އެއްހާސް ރުފިޔާ)

 ލިވިންގ އެލަވަންސް:

 މަހަކު 2000.00 (ދެހާސް ރުފިޔާ)

 ޚާއްޞަ އެލަވަންސް:

 މަހަކު 1743.75 (އެއްހާސް ހަތްސަތޭކަ ސާޅީސްތިން ރުފިޔާ / ހަތްދިހަ ފަސް ލާރި)

(މުސާރައިގެ %45)

 ވަޒީފާގެ ބާވަތް: 

 ދާއިމީ

 މަސައްކަތުގެ ވަގުތު:

 އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

 

 ފެންވަރު ނުވަތަ ޝަރުޠު:

  1. މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ،
  3. އެސް.އެސް 2 ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 އެހެނިހެން ޝަރުތު:

  1. ޢުމުރުން 18 އަހަރު ފުރިފައިވުން.
  2. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  3. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  4. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.

 މަސްއޫލިއްޔަތު:

  - އިލެކްޝަންސް ކޮމިޝަނުގެ އެ ވަގުތަކު ސާފުކޮށް ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ ސެކްޝަންތަކާއި ދޮރާއި ދޮރުފަތްތައް ސާފުކޮށް ބެލެހެއްޓުން.

  - އިލެކްޝަންސް ކޮމިޝަނުގެ ދެ އިމާރާތުގައި މުވައްޒަފުން ބޭނުންކުރާ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.

  - ކޮމިޝަނުން ކުރިއަށް ގެންދާ އެކިއެކި ބައްދަލުވުންތައް / ވާރކްޝޮޕްތައް / ޓްރޭނިންގތަކަށް މީޓިންގ ރޫމްއާއި ޓްރޭނިންގ ރޫމް ތައްޔާރުކޮށް ދިނުމާއި ރިފްރެޝްމަންޓް ތައްޔާރުކޮށް ދިނުން.

  - އޮފީސް ފޮޅާ ސާފުކުރުމާއި، މަސައްކަތްކުރަމުން ދާއިރު މަސައްކަތް ކުރަމުން ގެންދާގޮތް ބަލާ ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

  3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

  - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

  - މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

  މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މަޤާމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިޔުންތައް ހުށަހަޅާނީ 23 އޮގަސްޓު 2021 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަނުގެ ރިސެޕްޝަނަށެވެ. ނުވަތަ މި ކޮމިޝަނުގެ އީމެއިލް ([email protected]) މެދުވެރިކޮށެވެ. (މެއިލްއާ އެޓޭޗްކުރެވޭނީ 10mb އަށްވުރެ ކުޑަ ފައިލްއެވެ.)

  އިތުރު މަޢުލޫމާތު:

  - ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

  - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

  - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

  - ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠުހަމަވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިޔުއިން މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

  - މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

  - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 

ސަޕޯޓް އޮފިސަރ – އެސް.އެސް 1 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

 ތަޢުލީމާއި ތަމްރީނު

15

 މަސައްކަތު ތަޖުރިބާ

35

 އިންޓަވިޔު

50

 ޖުމުލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

ސަޕޯޓް ސަރވިސް ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ، ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ. އިޢުލާނުގައި ބަޔާންކޮށްފައިވާ އަސާސީ ޝަރުޠު ފުރިހަމަވާނަމަ، ކަނޑައަޅައިފައިވާ މާކްސް ދެވޭނެއެވެ.

ނޯޓް: ނަންބަރު: IUL]38-AB/38/2021/674] (3 އޮގަސްޓު 2021) އިޢުލާނާއި ގުޅިގެން ވަޒީފާއަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުންވެސް މި މަޤާމަށް ކުރިމަތިލާން ބޭނުންފުޅުވާނަމަ، ވަޒީފާއަށް އެދި އަލުން ފޯމު ހުށަހަޅުއްވަންޖެހޭނެ ވާހަކަ ދެންނެވީމެވެ. ކުރިން ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ބޭނުންފުޅުވާނަމަ، މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބޭނެކަމުގައި ވެސް ދެންނެވީމެވެ.

 

15 އޮގަސްޓް 2021
ހޯދާ