މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ސީނިއަރ ކޯޑިނޭޓަރ

 

                             އިޢުލާން

 

މަޤާމް:

ސީނިއަރ ކޯޑިނޭޓަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ޑިޕާޓްމަންޓް

ބިއުރޯ

މަސައްކަތު ގަޑި:

ހެނދުނު 08:00 ން މެންދުރުފަހު 16:00 އަށް (މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރިނަމަވެސް އިތުރުގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.)

މުސާރަ:

12,000 ރުފިޔާ

މަސައްކަތުގެ މުއްދަތު:

1 އަހަރު (މީލާދީ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބިއުރޯއިން ފޮނުވަންޖެހޭ ސިޓީތައް ކަމާއިގުޅޭ ޑިޕާރޓްމަންޓްތަކާއި ގުޅިގެން ފޮނުވުން.
  2. ބިއުރޯއިން ކުރެވޭ މަސައްކަތްތަކާ ގުޅިގެން ފޯނުން ގުޅަންޖެހޭ ފަރާތްތަކާ ގުޅުމާއި، ހޯދަންޖެހޭ މައުލޫމާތު ހޯދުމާއި އެކަމާ ގުޅުންހުރި ލިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  3. ކުރާ މަސައްކަތްތަކާ ގުޅޭ ފައިލްތައް ތަރުތީބުކޮށް ލިޔުންތަކާއި ރެކޯޑްތައް ފައިލްކޮށް ބެލެހެއްޓުން.
  4.  ބިއުރޯގެ ފަރާތުން ކުރާ މަސައްކަތްތަކާ ގުޅިގެން ބާއްވަންޖެހޭ މީޓިންގތައް ރާވައި ދަންނަވަންޖެހޭ ފަރާތްތަކަށް ދެންނެވުން.
  5. ބިއުރޯގެ ފަރާތުން ބާއްވާ މީޓިންގ ތަކާ ގުޅޭ ޔައުމިއްޔާތައް ލިޔެ ބެލެހެއްޓުން.
  6. ބިއުރޯގެ އެޕޮއިންޓްމަންޓްތައް ބެލެހެއްޓުން.
  7. ޙަވާލުކުރެވޭ މަސައްކަތްތައް ރަނގަޅަށް ބެލެހެއްޓުމާއި އެކަމާގުޅޭ ލިޔެކިޔުން އަޕްޑޭޓްކޮށް ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިއުން.

8. ބިއުރޯއިން ކުރާ ދަތުރުތަކާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމާއި ކަމާބެހޭ ޑިޕާރޓްމަންޓްތަކާ ގުޅިގެން ދަތުރު ހަމަޖެއްސުން.

 

މަޤާމުގެ ޝަރުޠުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމެންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ދާއިރާގައި 3 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

 2. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމެންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޓިޝަން ނުވަތަ މެނޭޖްމެންޓްގެ ދާއިރާގައި 2 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ (ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ޝަރުޢީ ކޯޓެއްގައި އެއްވެސް މައްސަލައެއް ހިނގަމުންދާނަމަ އެކަން ނުވަތަ ނެތްނަމަ  ނެތްކަން މި ސިޓީގައި ހިމަނަންވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ނުވަތަ  ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ ލިޔުން.

 (ނ)  ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން              %30
  • މަސައްކަތުގެ ތަޖުރިބާ             % 20
  • އިންޓަރވިއު                  % 50
  • ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު ޕްރޮޖެކްޓްތަކާއި  ގުޅުންހުރި ޕްރޮގްރާމްތައް ރާވާ، ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
  • ކައުންސިލްތަކާއި ގުޅިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން
  • އިނގިރޭސި އަދި ދިވެހި ބަހަށް ފަރިތަވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.
  • ކަންތައްތައް ޙައްލުކުރުމުގައި ބަސްމޮށުންތެރިކަމުގެ ހުނަރު ހުރުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް ހުށަހަޅާނީ 22އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ނޯޓް: ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލައި ކުރައްވާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެއްސެވުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 އޮގަސްޓް 2021 އާއި 23 ސެޕްޓެމްބަރ 2021 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347465 ނުވަތަ  3347329 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.  

15 އޮގަސްޓް 2021
ހޯދާ