މާވަށު ސްކޫލް
ދިވެހިރާއްޖެ
ސްކޫލް އެޑްމިނިސްޓްރޭޓަރ އެއް ހޯދުމަށް

އިޢުލާނު

އެޑްމިނިސްޓްރޭޓަރ

މަޤާމް:

J317033

މަޤާމުގެ ނަންބަރު:

01

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް.އެސް 4

މަޤާމުގެ ރޭންކް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ކްލެސިފިކޭޝަން:

މާވަށު ސްކޫލް / ލ.މާވަށް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/7875ރ.

މުސާރަ:

-/2500ރ.

ސަރވިސް އެލެވަންސް:

-/900ރ.

ސަޕޯޓިންގ ކޯ އެލަވަންސް

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިގެ ފައިސާ
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނުނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

އެހެނިހެން އެލަވަންސް:

1. ސުކޫލުގެ ބަޖެޓްގެ އެންމެހައި ކަންތައް ރާވާ ހިންގުން

2. ބަޖެޓުވަކި ކުރި ސުކޫލުތަކުން އެޑިޔުކޭޝަން މިނިސްޓްރީއަށާއި ފިނޭންސް މިނިސްޓްރީއަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުނުކަން ކަށަވަރުކޮށް އެލިޔުންތައް ފޮނުވުމުގައި މުވައްޒަފުންނަށް ދޭންޖެހޭ މަޝްވަރާދީ މުވައްޒަފުންލައްވާ ލިޔުންތައް ފޮނުވުން.

3. މަހުން މަހަށް މުވައްޒަފުންނަށް ދޭންޖެހޭ މުސާރައި ކަންތައް ކުރިއަށްދޭތޯ ބަލައި މުވައްޒަފުންނަށް ދޭންޖެހޭ މުސާރަޔާއި އެލަވަންތައް ޤަވާއިދުން ލިބެންޖެހޭ ދުވަހަށް ލިބޭތޯ ޔަގީންކޮށް މުވައްޒަފުންނަށް ލިބޭނެގޮތައް އިންތިޒާމުތައް ރާވާ މުވައްޒަފުންލައްވައި މަސައްކަތް ކުރުން.

4. ހޯދޭ ޚިދުމަތްތަކާއި ތަކެއްޗައް ދައްކަންޗެހޭ ފައިސާދެއްކުމުގެ ކަންތައް  ދުވަހުން ދުވަހަށް މުވައްޒަފުންލައްވާ ނިންމުން.

5. ސުކޫލުން ޖަވާބު ފޮނުވަންޖެހޭ ލިޔުންތަކުގެ ޖަވާބު ފޮނުވަންޖެހޭ ތާރީޚަށް އެޑްމިނިސްޓްރޭޓިވް އޮފިސަރުން ލައްވާ ތައްޔާރުކޮށް ޕްރިންސިޕަލްއާއި ހަމަޔަށް ފޮނުވުން.

6. އިދާރީގޮތުން މުވައްޒަފުންލައްވާ ކުރުވަންޖެހޭ އެންމެހައި މަސައްކަތްތައްރާވައި އެމަސައްކަތްތައް މުވައްޒަފުން ކުރަމުންދޭތޯބަލައި ، އަޅަންޖެހޭ އިސްލާޙީ ފިޔަވަޅުތައް ސުކޫލުގެ ޕްރިންސިޕަލްގެ ލަފަޔާއި މަޝްވަރާގެމަތިން ކުރުން.

7. ސީދާ ބަލަހައްޓަންޖެހޭ މުވައްޒަފުންގެ ވަޒީބަޔާން ތައްޔާރުކޮށް އެމުވައްޒަފުންގެ މަސައްކަތަށް އަންނަ ބަދަލުތައް ވަޒީފާ ބަޔާނުގައި ހިމަނައި އެކަން މުވައްޒަފަށް އެންގުން.

8. ސީދާ ބަލަހައްޓަންޖެހޭ މުވައްޒަފުންގެ އެޕްރައިސަލް ފުރިހަމަ ކުރުމުގައި ސްޕަވައިޒަރެއްގެ ޙައިސިއްޔަތުން ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމައަށް ކުރުން.

9. މުޅިސުކޫލުގެ އެޕްރައިސަލް ހިނގާދިޔަ ގޮތުގެ ރިޕޯރޓް ފޮނުވަންޖެހޭ ތާރީޚަށް މިނިސްޓްރީއަށް ފޮނުވުން.

10. ސުކޫލާއި ބެލެނިވެރިންނާއި އޮންނަ ގުޅުން ޙަރުދަނާކުރުމަށްޓަކައި މަސައްކަތްތައް ރާވައި ހިންގުން.

11. ދަރިވަރުންގެ އަޚްލާޤް ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރުން.

12. ސުކޫލުން ރާވާ ހިންގާ އިތުރު ޙަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެހެނިހެން މުވައްޒަފުންނާ އެކުގައި ޙަރަކާތްތައް ކާމިޔާބުކަމާއިއެކީ ނިންމާ ލުމަށްޓަކައި މަސައްކަތް ކުރުން.

13. ސްކޫލްގެ ޕީ.ޓީ.އޭގެ ބަޖެޓްގެ ކަންތައް ބެލެހެއްޓުމާއެކު ޕީ.ޓީ.އޭ އާއި ގުޅިގެން ޕީ.ޓީ.އޭ ގެ ބަޖެޓަށް އާމްދަނީ އިތުރުވާގޮތަށް މަސައްކަތް ރާވައި އެކަންތައް ކުރުން.

14 . ސުކޫލު ހިންގަން ހުންނަ އިސްވެރިޔާއާއި ގާތްގުޅުމެއް ބާއްވާ ކުރާމަސައްކަތްތަކުގެ މައުލޫމާތުދީ އިތުރުލަފަޔާއި އިރުޝާދު ހޯދުން. 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަނކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮގަނކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން

މަޤާމުގެ ޝަރުޠުތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ތަޢުލީމީ ރޮނގުތައް

  • ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249)  މިސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 

  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

 

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  • ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  24 އޮގަސްޓް 2021މ.ވާ އަންގާރަދުވަހު މެންދުރުފަހު 14:00 ގެ ކުރިން، މާވަށު ސްކޫލު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް

([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

    މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2021 އޮގަސްޓް 25 ވާ ބުދަ ދުވަހާއި އާއި 2021 އޮގަސްޓް 26 ވާ ބުރާސްފަތި ދުވަހާއި އާ ދެމެދު، މާވަށު ސްކޫލު ގައެވެ.

 

 

 

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

 

 

ދާއިރާ

ބެލޭނެ ބައިތައް

މާރކްސް

އިންސައްތަ (%)

ކެޓަގަރީގެ    ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބފައިވާ ތަޢުލީމު

85

30

35

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން

12

5

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

28

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

255

100

100

 

މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 ( ފަންސާސްފަހެއް(  އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރއިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދައްވެގެން ލިބެންޖެހޭ އިންސައްތަ

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6800010 އަށެވެ. އީ-މެއިލް ކުރާނީ  ([email protected])އަށެވެ.

 

15 އޮގަސްޓް 2021
ހޯދާ