ރ. އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ރ.އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

 މިކޯޓު ހިންގަމުންގެންދާ ރ.އިނގުރައިދޫ އިއުފާ ކިޔާ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ކޮންޓްރެކްޓްެ އުޞޫލުން ބަލަހައްޓައި ދޭނެފަރާތެއް ހޯދަން އަންގާ އިޢުލާނު ކުރަމެވެ. 

މިމަސައްކަތައް އަންދާސީ ހިސާބު ހުށަހެޅޭނީ ކުންފުންޏަކުންނަމަ ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ އަދި، އަމިއްލަ ފަރުދަކުނަމަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމެކެވެ. އަދި މަޢުލޫމާތު ޝީޓްގައި ހުށަހަޅަން ޖެހޭނެކަމަށް ބަޔާން ކޮށްފައިވާ ތަކެތި ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށާއި، މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަދަންނަވަމެވެ. 

ވީމާ، މިކަމަށް އެދޭފަރާތްތަކުން 19 އޯގަސްޓް 2021 ދުވަހުގެ 10:30 އަށް ރ.އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

v     އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 23 އޯގަސްޓް 2021

v     އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00

v     އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓް

   މިކަން އެންގުމަށްޓަކައި ޢާއްމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

                 07 މުޙައްރަމް 1443 

15 އޮގަސްޓް 2021
ހޯދާ