މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދެމުން ގެންދާކުދިންނަށް "މެންޓަރިންގ" ޕްރޮގްރާމެއް ފަރުމާކޮށް ހިންގައިދޭނެ ކޮންސަލްޓެންޓެއް ހޯދުން

 

 

ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދެމުން ގެންދާކުދިންނަށް "މެންޓަރިންގ" ޕްރޮގްރާމެއް ފަރުމާކޮށް ހިންގައިދޭނެ ކޮންސަލްޓެންޓެއް ހޯދުން

 

 

 

 މަޤްޞަދު:

 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި އަހްލާޤީ މައްސަލަތަށް ހުންނަ ކުދިންގެ އިތުރުން ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ދުޅަހެޔޮ ސިއްޙަތެއްގައި ދިރިއުޅުން ބިނާކުރުމަށް ދިރިއުޅުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކެއް ހަރުދަނާ ނިޒާމެއްގެ ތެރެއިން ހަމަޖެއްސުން.

 

 

 

މަސައްކަތުން ނެރެން ބޭނުންވާ ނަތީޖާ

 

މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ދިރިއުޅުމުގެ ހުނަރު ތަރައްޤީކޮށް މުޖުތަމަޢުއަށް ކުދިން ރުޖޫޢަކުރުމަށާއި ކުދިންނާއި މުޖުތަމަޢުގައި އުޅޭ އަފްރާދުންނާއެކު އިޖާބީ ގުޅުމެއް ގާއިމްކުރެވި އެކުދިންގެ ދިރިއުޅުން ބައްޓަން ކުރުމުގައި އިރުޝާދު ދެވޭނެފަދަ މީހުން ހޯދައި ހަރުދަނާ މެންޓަރިންގ ޕްރޮގްރާމެއްގެ ތެރެއިން ކުދިނަށް ބޭނުންވާ އެހީތެރިކަން ހޯދައި ދިނުމެވެ.

 

 

 

 

 

ކުރަންޖެހޭ މަސައްކަތްތައް:

 

-          މެންޓަރޝިޕް ޕްރޮގްރާމެއް ޑިވެލޮޕްކުރުން

 

-          ޑިވެލޮޕްކުރެވޭ މެންޓަރޝިޕް ޕްރޮގްރާމް އޯލްޓަރނޭޓިވް ކެއަރ ޚިދުމަތްދޭ މަރުކަޒްތަކުގައި ހިންގުމާއި ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްއަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ހިންގުން.

 

-          މެންޓަރޝިޕް ޕްރޮގްރާމް ހިންގުމަށް ބޭނުންވާ އެހީތެރިކަން ކަމާބެހޭ އިދާރާތަކާ ވިލަރެސްކޮށްގެން ހޯދުން.

 

 

 

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން:

 

ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް

 

 

 

މަސައްކަތުގައި އެހީތެރިވެދޭނެ ފަރާތް:

 

(މިނިސްޓްރީގެ މުވައްޒަފެއް)

 

 

 

 މަސައްކަތުގެ މުއްދަތު:

 

5 މަސް ދުވަސް

 

 

 

މަސައްކަތު ގަޑި:

 

 (ދެ ފަރާތް ވާހަކަ ދައްކައިގެން ނިންމުމަށް)

 

 

 

މަސައްކަތުގެ އަގު:

 

ކޮންމެ މަހަކު :   18,000/- (އަށާރަ ހާސް) ރުފިޔާ

 

 

 

ފެންވަރު ނުވަތަ ޝަރުތު:

 

-          ސޯޝައިން ސައިންސް ނުވަތަ ސޯޝަލް ސަރވިސް ވޯރކްގެ ދާއިރާއިން ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން

 

-          އިޖްތިމާޢީ ޚިދުމަތުގެ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 5 އަހަރުގެ ތަޖްރިބާ ހުރުން.

 

-          ދިރާސާ ކުރުމާއި، ސެޝަން ކޮންޑަކްޓް ކުރުމާއި ޑޭޓާ ރިވިއުކުރުމާއި ރިޕޯރޓް ލިޔުމުގެ ތަޖްރިބާހުރުން.

 

-          ކޮންސަލްޓަންސީ މަސައްކަތުގެ ތަޖްރިބާހުރުން.

 

-          ދިވެހި،އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިޔުމުގެ ޤާބިލްކަން ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

-          މަޤާމަށް އެދި ހުށަހަޅާ ސިޓީ.

 

-          ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

 

-          ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

 

-          ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

-          (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 

-          (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

-          މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 އޯގަސްޓް 2021 ގެ 13:00 ގެ ކުރިން، ([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.

 

15 އޮގަސްޓް 2021
ހޯދާ