މޯލްޑިވްސް ޕޫލް - ބިލިޔާޑް އެސޯސިއޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

ޢިއުލާން ނަންބަރު:MPBA/2021/040

ތާރީހް: 13 އޯގަސްޓް 2021

 

އިޢުލާން

ވަޒީފާގެ ފުރުސަތު

 

މަޤާމް:

އެސިސްޓެންޓް އޮފިސަރ (ހުޅުމާލެ ބިލިއަޑު ހައުސް)

ބޭނުންވާ އަދަދު:

2 (ދޭއް)

މަސައްކަތް ކުރަންޖެހޭތަން:

ހުޅުމާލެ ބިލިއަޑު ހައުސް، ހުޅުމާލެ މިނީ ސްޕޯޓްސް ކޮންޕްލެކްސް، ހުޅުމާލެ

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 3 މާއްދާއިން ދަށްވެގެން ސީ ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން. އަދި ސެކަންޑަރީ ސެޓްފިކެޓް އިމްތިހާންގައި "ދިވެހި" ، "އިސްލާމް" މި ދެމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ހުޅުމާލެ ބިލިއަޑު ހައުސްގައި މެންބަރުންނަށް ދޭންޖެހޭ އެންމެހައި ހިދުމަތްތައް ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށްދިނުން އަދި ހުޅުމާލެ ބިލިއަޑު ހައުސްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައްކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި ތަމްރީން

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަގަނޅަށް ބޭނުން ކުރަން އެގުން

- ޑިއުޓީ އުސޫލުން ޝިފްޓް ޑިއުޓީތަކުގައި މަސައްކަތްކުރެވޭނެ ފަރާތަކަށްވުން

- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން

- ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިއުންތައް

- ވަނަވަރު (ސީވީ)

- އައި.ޑީ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓްތައް (އިޢުލާނުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތައް)

- އީމެއިލް ފޮނުވަންވާނީ ހުރިހާ ހުރިހާ ޑޮކިއުމަންޓްތައް އެއް ޑޮކިއުމަންޓް އެއްގޮތުގައި PDF ކޮށްފައެވެ.

ސުންގަޑި:

- މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 19 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިންޓަވިއު:

- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށެވެ.

13 އޮގަސްޓް 2021
ހޯދާ