ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ހެލްތް އޮފިސަރ/ ހެލްތު އެސިސްޓެންޓް

ހަނިމާދޫ ސްކޫލް                       

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

ނަންބަރ: GS60(HR)/2021/019 

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް :

ހެލްތް އޮފިސަރ/ ހެލްތު އެސިސްޓެންޓް

މަޤާމުގެ ނަންބަރ:

J-274489

ބޭނުންވާ ޢަދަދު :

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު -/700ރ

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް

  1. ސްކޫލް ހެލްތް ޕޮލިސީއާ އެއްގޮތްވާ ގޮތުގެމަތިން، ދަރިވަރުންނާއި މުވައްޒަފުންނަށް އަދި  ބެލެނިވެރިންނަށް އަމާޒުކޮށް ރާވާ ހިންގަންޖެހޭ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން.
  2. ދަރިވަރުންނަށް ދެވޭ ޚިދުމަތުގައި އެހީތެރިކަމާއި ފަރުވާތެރިކަން ބެހެއްޓުން.
  3. ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންކުރާ އެންމެހައި ތަކެތި ބެލެހެއްޓުން.
  4. ސްކޫލްގައި އަދި އެކްސްޓްރާ ޙަރަކާތްތަކުގައި އުޅެނިކޮށް ދަރިވަރުންނަށް އަދި މުޥައްޒަފުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކުގައި ފުރަތަމައެހީ ދިނުން.
  5. މުވައްޒަފުންގެ އެއްބައިވަންތަކަމަށް ހިންގާ އެންމެހައި ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  6. ސްކޫލް މާޙައުލަކީ ދަރިވަރުންނަށާއި މުވައްޒަފުންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް މަގުފަހިކޮށްދޭ ތަނަކަށް ހެދުމަށް ސްކޫލްމެނޭޖްމަންޓާ ގުޅިގެން މަސައްކަތް ކުރުން.
  7. ޞިއްޙީ ގޮތުން ދަރިވަރުންނަށާއި މުވައްޒަފުންނަށް ސްކޫލް މާޙައުލުގެ ތެރެއިން ދިމާވެދާނެ އެންމެހައި ޞިއްޙީ މައްސަލަތަކުން އެ ފަރާތްތައް ސަލާމަތްކުރުމަށް ގަދައަޅައި މަސައްކަތް ކުރުން.
  8. ދަރިވަރުންނަށް ވިޓަމިންއޭ ކެޕްސޫލް އަދި ފަނީބޭސް ދިނުމަށް ކަމާގުޅެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  9. ރިސްކް އެސެސްމަންޓް ހަދަންޖެހޭ ދަރިވަރުންގެ ރިސްކް އެސެސްމަންޓް ހެދުމާއި އޭގެނަތީޖާއަށް ބިނާކޮށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ހެލްތު ސްކްރީނިންގ ހަދަންޖެހޭ ކްލާސްތަކުގެ ހެލްތް ސްކްރީނިންގ ހަދައި އެކަމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  10. ދަރިވަރުން ނުވަތަ މުޥައްޒަފުންނަށް ދެވޭ ޞިއްޙީ އެހީތެރިކަމާއި ކުރެވެމުންދާ އެންމެހައި މަސައްކަތްތަކުގެ ރެކޯޑް ފައިލްކޮށް ބެލެހެއްޓުން.
  11. ކޮންމެހެން ނިންމަންޖެހޭ މަސައްކަތްތައް ނިންމުމަށް ބަންދު ދަވަސްތަކާއި ބަންދު ގަޑިތަކުގައި އޮފީހަށް ނިކުތުމަށް ސްކޫލުގެ ވެރިޔަކު އަންގައިފިނަމަ އޮފީހަށް ނިކުމެ، ކުރަން ޙަވާލުކުރާ މަސައްކަތް ކޮށްނިންމުން.
  12. ދަރިވަރުންނާއި މުވައްޒަފުންގެ ޞިއްޙީ އެކި މައްސަލަތަކުގެ ސިއްރު ހިފެހެއްޓުން.
  13. ސްކޫލްގެ ބައްދަލްވުންތަކާއި، ސްކޫލް ތަމްސީލުކުރުމަށް ބައިވެރި ވާންޖެހޭ އެންމެހައި ބައްދަލުވުން ތަކަށް ގަޑިއަށް ޙާޟިރު ވުމާއި ބައިވެރިވުން.
  14. ޚިދުމަތްދޭންޖެހޭ އެންމެހައި ފަރާތްތަކާ މުޢާމަލާތު ކުރާއިރު އޯގާތެރިކަމާއެކު މުޢާމަލާތް ކުރުމާއި ހިނިތުންވުމާއެކު ޚިދުމަތް ދިނުން.
  15. ޞިއްޙީ ގޮތުން ފާހަގަކުރާ އެކިއެކި ދުވަސްތައް ފާހަގަކުރުމުގައި އިސްދައުރެއް އަދާކުރުން.

 

މަޤާމުގެ ޝަރުޠުތައް:

ހެލްތު ސަރވިސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.  

 

މަޤާމާ ގުޅޭ ތަޢުލީމީ ރޮނގުތައް:

  • ކޮމިޔުނިޓީ ހެލްތް
  • ނާރސިންގް
  • ޕްރައިމަރީ ހެލްތް ކެއަރ
  • ޕަބްލިކް ހެލްތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ހެލްތް ސަރވިސަސް

މަޤާމަށް ކަނޑައަޅާފައިވާ ޕްރިފަރޑް ޑިސިޕްލިން:

  •   -

މަޤާމަށް ކަނޑައަޅާފައިވާ ކޯރ ޑިސިޕްލިން

  • -

 

 

ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފައިޑް ޑިސިޕްލިންއާ ގުޅޭސަނަދެއް، ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށައަޅާފައި ވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައިވާ  ކޯ/ ޕްރައިފައިޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް)  ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑް ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ؛ ސެޓުފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ  މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ  ކޯސް ފުރިހަމަ   ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

  (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/އިން ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިން ވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަންވާނެއެވެ.

 (ބ) ދަޢުލަތުގެ އުވާލެވިފައިވާ އިދާރާއެއްގައި، ނުވަތަ އުވާލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލެވިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހާރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ހަމަވުން
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
  •  ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު
  •  އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
  •  އެސެސްމަންޓް / އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް
  • ޕްރެޒެންޓޭޝަން

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

-  މަޤާމަށްއެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ   2021 އޮގަސްޓް 23 ވާ، ހޯމަ  ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހަނިމާދޫ ސްކޫލްގެ ކައުންޓަރަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައި ގަނެވޭނެއެވެ.

ޝޯޓް ލިސްޓުކުރުން:

-  މި ވަޒީފާއަށް އެދި ހުށައަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެސެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

- މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު ( އިމްތިޙާން /  ޕްރެސެންޓޭޝަން) އޮންނާނީ، 2021 އޮގަސްޓް 23 ން 2021 ސެޕްޓެންބަރު 02 އާ ދެމެދު، ހަނިމާދޫ ސްކޫލް ގައެވެ.

" ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 މި އިޢުލާނުގެ ދަށުން މަތީގައިވާ ޝަރުތު ހަމަވާ ފަރާތެއް ދާއިމީ މަޤާމަށް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުޠު ހަމަވާ ފަރާތެއް (ރިލީފް މަޤާމަކަށް( ނެގުމަށް ހަމަޖެހިފައި ވެއެވެ.

މަޤާމުގެ ގިންތި: ވޭޖް

ރޭންކް

މަހެއްގެ މައްޗަށް އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު

ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު

1 ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު

އެމް. އެސް 1 ( ހެލްތް އޮފިސަރ)

8110.00ރ

368.64ރ

61.44ރ

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520533  އަށެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ޢައްޔަންކުރުމުގެ އުޞޫލާގުޅޭ " (http://www.csc.gov.mv/dv/recruitment-usoolu)  އިން ލިބެން ހުންނާނެއެވެ.

                         04 މުޙައްރަމް 1443

                         12 އޯގަސްޓް 2021       

12 އޮގަސްޓް 2021
ހޯދާ