މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
މޮނީޓަރިންގ އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓް

މޮނީޓަރިންގ އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓް

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

 

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓަށް މޮނިޓަރިންގ، އިވެލުއޭޝަން އަދި ރިޕޯޓިންގ މަސައްކަތްތައް މެނޭޖްކުރާނެ ފުލްޓައިމް މޮނީޓަރިންގ އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓެއް ހޯދުމަށް ބޭނުންވެއެވެ.

މިގޮތުން މި މަޝްރޫޢުގެ މޮނީޓަރިންގ އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓް ގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަޝްރޫޢުގެ މޮނިޓަރިންގ އެންޑް އިވެލުއޭޝަން ފްރޭމްވާރކާއި އެއްގޮތަށް މަޝްރޫޢުގެ ހިނގާނުހިނގާ ގޮތް ބެލުމާއި ނަތީޖާ ޙާޞިލުކުރެވޭ މިންވަރު ވަޒަންކުރުމާއި ޕްރޮޖެކްޓްގެ އެކިއެކި ޙަރަކާތްތައް ޑޯނަރ އެޖެންސީގެ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެމަތިން މޮނިޓަރކޮށް، ޕްރޮޖެކްޓް ޓީމާއި ކަމާގުޅޭ އެންމެހާ ފަރާތްތަކާއި ގުޅިގެން މަސައްކަތްތައް ހިންގައި، އިވެލުއޭޓްކޮށް، މޮނިޓަރކުރުމާއި ރިޕޯޓްތައް ތައްޔާރުކުރުންފަދަ ކަންތައްތައް ހިމެނެއެވެ.

މޮނީޓަރިންގ އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

ހ)  އިންޓަރނޭޝަނަލް ކޮމިއުނިޓީ ޑިވެލޮޕްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ނުވަތަ މަސައްކަތާއި ގުޅޭދާއިރާއަކުން މާސްޓަރސް ޑިގްރީ ހާޞިލްކޮށްފައިވުން

ށ) ތަރައްޤީގެ ދާއިރާ ނުވަތަ ތިމާވެށީގެ ދާއިރާގެ މަޝްރޫޢުތައް ހިންގުމާއި ނަތީޖާ ހާސިލުކުރެވޭ މިންވަރު ވަޒަންކުރުމުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނ) ތިމާވެށީގެ ދާއިރާއާއި ގުޅޭ މޮނިޓަރިންގ އެންޑް އިވެލުއޭޝަން ސިސްޓަމްތައް އެކުލަވާލުމާއި ޑޭޓާ އެނަލިސިސްގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ރ) ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތު، ޕްރޮޖެކްޓްގެ މަސައްކަތުގެ ލަނޑުދަޑިތައް ރަނގަޅަށް އެނގި އެލަނޑުދަތިތައް ޙާސިލްކުރުމަށް ކުރަންޖެހޭ ކަންތައްތައް ނަގައިގަތުމުގެ ހުނަރާއި ގާބިލިއްޔަތުކަން ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ބ) ބައިނަލްއަޤުވާމީ އެހީދޭ ޖަމްޢިއްޔާ/ ޖަމާޢަތްތަކުގެ އެހީތެރިކަން ލިބިގެން ހިންގާފައިވާ މަޝްރޫޢުތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ޅ) ވާރލްޑް ބޭންކްގެ އެހީގައި ހިންގާފައިވާ މަޝްރޫޢެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކ)  މައިކްރޯސޮފްޓް އޮފީސް، މައިކްރޯސޮފްޓް ޕްރޮޖެކްޓްސް ފަދަ ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރުމަށް އަހުލުވެރިވެފައި ފަރާތަކަށް ވުމާއިއެކު ޕްރޮޖެކްޓް މެނޭޖްމަންޓްގައި ބޭނުންކުރާ ތަފާތު އެޕްލިކޭޝަންތަކަށް އަހުލުވެރި ފަރާތްތަކަށް ވުން.

އ) އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުއާމަލާތުކުރަން އެނގުން

ވ) މުވާޞަލާތުކުރުމާއި އެކިފަރާތްތަކާއި މުއާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން

 

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ތަފްޞީލު ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓްކުރެވިފައިވާ ކޮޕީ
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.

އުޖޫރަ

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި  30,000 އާއި 35,000 ރުފިޔާ ދެމެދު އުޖޫރައެއް ދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު:

މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 24 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި މިނިސްޓްރީއަށް އަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ.

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 2021އޯގަސްޓް 26 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އީމޭއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

 [email protected]

12 އޮގަސްޓް 2021
ހޯދާ