ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް( މަސައްކަތު)

އިޢުލާން

                    ބަނދަރު ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމަށް ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެވެ.

މަޤާމް:

ކައުންސިލް އެސިސްޓެންޓް ( މަސައްކަތު )

ބޭނުންވާ ޢަދަދު: 01  ( 18 އަހަރު ފުރި 60 އަހަރު ނުފުރޭ )

މަޤާމުގެ ބާވަތް:

ކޮންޓެކްޓް ( މި މަޤާމަކީ ކޮންޓެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.

މުސާރަ:

މުސާރަ ( މަހަކު ) -/4000 ރ ( ހަތަރުހާސް ރުފިޔާ )

އެލަވަންސް:

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/120 ރ ( ސަތޭކަ ވިހިރުފިޔާ )

އިތުރު އެލަވަންސަތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފަސާދެވޭނެއެވެ.

ޢާއްމުކޮށް މަސަތްކަތް ކުރަންޖެހޭ ދުވަހާއި ގަޑިތައް:

ހަފްތާއަކު 6 ދުވަސް، ދުވާލަކު 8 ގަޑީއިރު ( ޝިފްޓް ޑިއުޓީ އުޞޫލުން)

ހެނދުނު 6:00 ން 14:00 އަށް

މެންދުރު ފަހު 14:00 ން 22:00 އަށް

ފެންވަރު ނުވަތަ ޝަރުޠު:

1 . ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

2 . ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1 . އާއްމު ރައްޔިތުން ކުޑަހުވަދޫގެ ބަނަދަރު ބޭނުންކުރަމުން ދަނީ ބަނދަރު ބޭނުންކުރުމަށް ހަދާފައިވާ އުޞޫލާއި އެއްގޮތައްތޯ މޮނީޓަރކޮށް ބެލެހެއްޓުން

2- ބަނދަރުގެ މުދާއަރުވާ ބާލާ ސަރަހައްދަށް ޖަމާކުރެވޭ ތަކެތި ނޯޓްކުރުން، (އުޅަދުގެ ނަމާއި ރަޖިސްޓްރީ ނަންބަރު އަދި މުދާ ބޭލި ގަނޑިޔާއި ތާރީޙް މުދާ ބާލާ ނިމުނު ގަނޑި)

3- ބަނދަރު ރުއްގަހުން އުފެދޭ ކުންޏާއި، ކުނީގެ ގޮތުގައި ބެލެވޭ އެހެނިހެން ތަކެތި ކައުންސިލު އިދާރާއިން ކަނޑައަޅާ ސަރަޙައްދަށް ޖަމާކުރުމާއި، ކުނި އެޅުމަށް ހާއްސަ ކުރެވިފައިވާ ސަރަޙައްދަށް ކައުންސިލުގެ އެހީތެރިކަމާއެކު ގެންގޮސް ނައްތާލުން.

4- ބަނދަރު ފެންއިސްކުރު ބަރިޔަށް ލިބޭ ގެއްލުމުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާކުރުމާއި، ދޯނިފަހަރައް ބަނދަރުން ފެންހޮޅި ދަމައިގެން ފެންއަޅަމުންދާއިރު މޮނީޓާރ ކުރުން. ( ފެންހޮޅި އިސްކުރުން ނެއްޓިއްޖެނަމަ އިސްކުރު ބަންދު ކުރުމަށްފަހު އެކަން އިސްލާހް ކުރުމަށް އެންގުން )

5- މޫސުމާއި ގުޅިގެން ބަނދަރަށް ޖަމާވާ ކުނި ( ހުއިފަތް، ދަޅު، ފުޅި، ލަކުނޑި، ކޮތަޅު ) ފަދަ އެންމެހާ ތަކެތި ނަގައި ކުނިއެޅުމަށް ހާއްސަކުރެވިފައިވާ ސަރަޙައްދަށް ކައުންސިލްގެ އެހީތެރިކަމާއެކު ގެންގޮސް ނައްތާލުން.

6- ބަނދަރު ސަރަޙައްދުގައި ޤަވާއިދާ ހިލާފަށް ތަކެތި ބަހައްޓާނަމަ ނުވަތަ ކުނިއަޅާނަމަ އެފަރާތްތަކަށް އެކަން އިސްލާޙް ކުރުމަށް އެންގުން.

7- ބަނދަރަށް ލެވިފައިވާ ކަރަންޓް ދޫކުރުމަށް ކައުންސިލުން ހަމަޖައްސާފައިވާ އުޞޫލާއި އެއްގޮތަށް އަމަލުކުރަމުން ދޭތޯބެލުން.

8- ކަނޑު އުޅަދުފަހަރު ބަނދަރުގައި އެޅުމާއި، ލަފާފުރައި ހަދަނީ ބަނދަރު އުޞޫލާއި އެއްގޮތައްތޯ ބެލުން

9 – އިދާރާއިން ރާވައި ހިންގާ މަސައްކަތްތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި އެމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.

އިންޓަވިއު އޮންނާނެ ތަނާއި   މުއްދަތު:

އިންޓަވިއު އޮންނާނީ 2021 އޮގަސްޓް 22 ން ފެށިގެން ރަސްމީ 5 ދުވަހުގެ މުއްދަތަށް  ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަންވާނެއެވެ. އިންޓަވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި އެފަރާތެއްގެ ވަޒީފާގެ ފުރުސަތު ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2021 އޮގަސްޓް 19 ވަނަ ދުވަހުގެ މެންދުރު ފަހު 12.00 ގެ ކުރިން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށް އެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މިއިދާރާއިން ލިބިވަޑައި ގަންނަވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1 - ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ކައުންސިލް އިދާރާއިން ލިބޭނެއެވެ. )

2 – ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

3 – ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

4 – ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ  ސާފުކޮޕީއެއް

5 – ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް ސިވިލްސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތުން ބަޔާންކުރާ ފޯމް 

ނޯޓް:  މި ވަޒީފާއަށް ނެގޭ މުވައްޒަފުންގެ މަސައްކަތަށްބަލައި މަސައްކަތައް ޤާބިލްނަމަ މި އިދާރާއިން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓް މުއްދަތު 1 އަހަރަށް އިތުރުކޮށްދެވޭނެއެވެ.

މިއިޢުލާނާއި  ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6760522، 6760667 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

    

     ވީމާ މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

12 އޮގަސްޓް 2021
ހޯދާ