މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ 

                                     އިޢުލާން ނަންބަރު:‭‭(IUL)MMPRC-HR/1/2021/35

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: ޑެޕިއުޓީ ޑިރެކްޓަރ

- އަސާސީ މުސާރަ (މަހަކު):-/11,400 ރުފިޔާ

- ސާރވިސް އެލަވެންސް (މަހަކު):-/3,800 ރުފިޔާ

- ޑެއިލީ އެލަވެންސް (މަހަކު):-/3,800 ރުފިޔާ   

 -އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ

ބޭނުންވާ އަދަދު: 1

1 - ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު:

ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 (މާސްޓާސް ޑިގްރީ/ އެޑްވާންސް ޕްރޮފެޝަނަލް ޑިޕްލޮމާ/އެޑްވާންސް ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން  (ނުވަތަ)

ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 (ގްރެޗުއޭޓް ޑިޕްލޮމާ/ޕޯސްޓް ގްރެޗުއޭޓް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން (ނުވަތަ)

ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ ޕްރޮފެޝަނަލް ސެޓްފިކެޓް)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި  ލިބިފައިވުން.

2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި ޑިޕާރޓްމަންޓްގެ އިސްވެރިޔާއަށް އެހީތެރިވުމަށްޓަކައި މާކެޓިންގ ޕްލޭނަށް ބޭނުންވާ ސްޓްރެޓެޖީސްތައް ފޯމިއުލޭޓް ކުރުމަށް ބޭނުންވާ ރިސާރޗްކޮށް، މަޢުލޫމާތު ހޯދުމާއި، ހާސިލްކުރަންބޭނުންވާ އޮބްޖެކްޓިވްސްތައް ކަނޑައެޅުމުގެ އިތުރުން ބަޖެޓް އަންދާޒާ ތައްޔާރުކުރުން
  2. ހަވާލުކުރެވޭ މަކެޓްތަކުގައި މި ކޯޕަރޭޝަނުގެ ފަރާތުން އިންތިޒިމްކުރާ ޙަރަކާތްތައް (ރޯޑްޝޯ، ޕްރޮމޯޝަނަލް ފެއަރ، އަދި އެހެނިހެން އިވެންޓްތައް) ރޭވުމުގައި ކުރަންޖެހޭ އެންމެހާ މާކެޓިންގ މަސައްކަތްތައް ކުރުން
  3. މި ކޯޕަރޭޝަނުން އިންތިޒާމްކުރާ ގްލޯބަލް އަދި ލޯކަލް ކެމްޕެއިންތަކުގެ ޕްރޮޕޯޝަލްތައް އިލެވުއޭޓްކޮށް، ކޮންސެޕްޓް ޕޭޕަރ ތައްޔާރުކޮށް، ހާސިލްކުރަންބޭނުވާ ލަނޑުދަނޑިތައް ކަނޑައަޅާ، ޕާފޯމަންސް އިވެލުއޭޓްކުރާނެ މެޓްރިކްސްތައް ކަނޑައަޅާ، ކެމްޕެއިން ނިމުމުން ރިޕޯޓް ތައްޔާރުކުރުން
  4. މި ކޯޕަރޭޝަނުން އެކި މާކެޓްތަކަށް ކަނޑައަޅާފައިވާ ޕީ.އާރުންނާއި ގުޅިގެން މީޑިއާ، ޓްރެވަލް ޓްރޭޑް،/ ސެލެބްރެޓީ އިންފްލުއެންސަރސް، ފެމިލިއަރައިޒޭޝަން ދަތުރު (ފެމް ޓްރިޕް) ރޭވުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމުގެ އިތުރުން، އެ ފަދަ ޙަރަކާތްތައް ސުޕަވައިޒްކޮށް، ބައިވެރިވަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން
  5. މި ކޯޕަރޭޝަނުން އިންތިޒާމްކުރާ ކެމްޕެއިން އަދި ބައިވެރިވާ މާކެޓިންގ ޙަރަކާތްތައް އިންތިޒާމްކުރުމުގައި އިންޓާނަލް އަދި އެކްސްޓާނަލް ސްޓޭކް ހޯލްޑަރސްއާއި ގުޅިގެން އިންތިޒާމްތައް ހަމަޖެއްސުން
  6. ޑެސްޓިނޭޝަން މާކެޓިންގެ ހަރަކާތްތަކުގައި ތަފާތު ގިނަ ޚިޔާލުތަކާއި، އާވިސްނުންތަކާއި އެކު މަސައްކަތްކުރުމައް ޚިޔާލު ދިނުން.
  7. މާކެޓިންގ ޓީމުގެ ޚިޔާލުތަކާއި ވެރިންގެ އިރުޝާދާއި ލަފާގެ މަތިން ކަންކަން ކުރުމުގެ ޤާބިލްކަން ހުރުން.
  8. މާކެޓްތަކުގެ މީޑިއާގައި ރާއްޖެއާބެހޭގޮތުން ކަވަރކުރާ އާޓިކަލްތައް މޮނިޓަރކޮށް، ރިޕޯރޓްތައް ތައްޔާރުކުރުން.
  9. ބައިވެރިވާ މީޓިންގތަކުންގައި އެއްބަސްވާ ކަންތައްތައް، ފޮލޯއަޕްކޮށް، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރުން
  10. ޙަވާލުކުރެވޭ މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ދިމާވާ މައްސަލަތައް ދިރާސާކޮށް ރިޕޯރޓްތައް ތައްޔާރުކުރުން.
  11. މިކޯޕަރޭޝަނުގެ ފަރާތުން ރާއްޖޭން ބޭރުގައި އައްޔަންކުރާ ޕަބްލިކް ރިލޭޝަންސް ފަރމްތައް އައްޔަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި މަސައްކަތްތައް ކުރިއަށް ގެންދިއުން.
  12. މާކެޓްތަކުގެ މާކެޓް ރިޕޯޓް، ފެއަރ ރިޕޯޓް ފަދަ މާކެޓިންގއާ ގުޅުންހުރި އެންމެހާ ރިޕޯޓްތައް ނިންމަންޖެހޭ މުއްދަތައް ނިންމުން.
  13. ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި އައު ޚިލާޔާލާއި ހުނަރުތައް ބޭނުންކުރުން
  14. ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަނުގެ ޚިދުމަތްތަކާ ގުޅުންހުރި ކޯޕަރޭޝަނުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  15. އެކުގައި މަސައްކަތްކުރާ ޓީމް މެމްބަރުން ތަމްރީންކޮށް މަސައްކަތަށް އަހުލުވެރިކުރުމަށް މަސައްކަތްކުރުން
  16. މި ކޯޕަރޭޝަނުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް، އިސްނަގައިގެން މަސައްކަތްކުރުން
  17. މަސަކްކަތުގެ މާހައުލުގައި އިންޓަރގްރިޓީ ހިފެހެއްޓުމުގެ އިތުރުން، އެންމެންގުޅިގެން އެކުވެރިކަމާއެކު މަސައްކަތްކުރުމަށް އެއްބާރުލުމާއި، އެކުގައި މަސައްކަތްކުރާ މުވައްޒަފުން ކުރިއެރުވުމަށް މަސައްކަތްކުރުން

3-  ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:  29 އޯގަސްޓް 2021 އާދިއްތަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4 - ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ) .

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

- ޕޮލިސް ރިޕޯޓް

5 - އިތުރު މަޢްލޫމާތު:

  • މި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • އިންޓަރވިއުއަށް ގުޅާނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.
  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://corporate.visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 6- އެޑްރެސް ކުރައްވާނީ:

ތޮއްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

12 އޮގަސްޓް 2021
ހޯދާ