ދިވެހިރާއްޖެ
ނަންބަރު : IUL)MMPRC-PRO/1/2021/29)
އިޢުލާން
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ވިޝުއަލް މާކެޓިންގ މެޓީރިއަލްސް (ގްރެފިކްސް، އެނިމޭޝަން، ވީޑިއޯ އަދި އިންޓަރއެކްޓިވް ގްރެފިކްސް) ފަދަ ތަކެތި 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޮގަސްޓް 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 03:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި 2021 އޮގަސްޓް 29 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ގެ، ކުރިން މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ދެވަނަ ފަންގިފިލާ)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 2021 އޮގަސްޓް 25 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އެޑްރެސް އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ސަބްޖެކްޓް: ޓު ހަޔަރ އަ ކްރިއޭޓިވް އޭޖެންސީ (To hire a creative agency)
އީމެއިލް އެޑްރެސް: [email protected] copy to [email protected]
ނަން: އަޙްމަދު ސާއިފް
މަޤާމް: އެސިސްޓަންޓް ޑިރެކްޓަރ
4 މުޙައްރަމް 1442
12 އޮގަސްޓް 2021