ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ގުރައިދޫ ރައްޔިތުންގެ ސްޓޯރގައިވާ މުދާ ސޭލް އެޅުވުމާ ގުޅޭ

15 ޖުލައި 2021 ވަނަ ދުވަހު ރައްޔިތުންނާއެކު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާއިން ގުރައިދޫ ސްޓޯރގައި ހުރި މުދަލާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ރައްޔިތުންގެ ޚިޔާލަށް ހުށަހެޅުމުން، ސްޓޯރގައި ހުރި މުދާ ސޭލް އެޅުވުމަށް ފެންނަކަމަށް ނިންމާފައިވާތީވެ،  22 އޯގަސްޓް 2021 ވަނަ ދުވަހުގެ ރޭ 20:30 އިން ފެށިގެން ސްޓޯރ ގެ މުދާ ސޭލް އެޅުވުމުގެ މަސައްކަތް 07 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ވާހަކަ އެންމެހާ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

      މި އިޢުލާނާއެކު ސްޓޯރުގެ މުދަލުގެ ލިސްޓް ހިމެނިފައިވާނެއެވެ. 

          އަދި އެއްވެސް ފަރާތަކަށް ދަރަންޏަށް މުދާ ދޫނުކުރެވޭނެ ވާހަކަ ވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

12 އޮގަސްޓް 2021
ހޯދާ