ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއަށް ނުކުތުމުގައި އަމަލުކުރަންވީ ގޮތާ ބެހޭ

ޤާނޫނު ނަންބަރު 7/2012 (އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކޮށްފައިވާ އެ އެޖެންސީގެ ނަންބަރު 23L/CIR/2021/26 (7 އޮގަސްޓް 2021) އިޢުލާނުގެ 5 ވަނަ ނަންބަރުގެ ދަށުން، ކޮވިޑް-19 އިން ރައްކާތެރިވުމަށް، ސިވިލް ސަރވިސްގެ މުވައްޒަފުގެ ތެރެއިން ވެކްސިން ޖެހުމުގެ ޝަރުޠު ފުރިހަމަވާ މުވައްޒަފުން ވެކްސިން ޖެހުމަށާއި، އަދި ވެކްސިން ޖެހުމުގެ ޝަރުޠު ފުރިހަމަވާ މުވައްޒަފުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާ މުވައްޒަފުން، 01 ސެޕްޓެންބަރު 2021 ވަނަ ދުވަހުން ފެށިގެން ވަޒީފާއަށް ނިކުންނަން ވާނީ ޕީ.ސީ.އާރު ޓެސްޓު ހަދައިގެން ކަމަށާއި، މިގޮތުން ކޮންމެ 14 ދުވަހަކުން ޕީ.ސީ.އާރު ޓެސްޓު ހަދައިގެން ވަޒީފާއަށް ނުކުތުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އަންގާފައެވެ.  

ވީމާ، 01 ސެޕްޓެންބަރު 2021 ވަނަ ދުވަހުން ފެށިގެން ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖެހުމަށް ޝަރުޠު ފުރިހަމަވެ ވެކްސިން ޖަހާފައި ނުވާ މުވައްޒަފުން، މަތީގައި ދަންނަވާފައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށާއި، އަދި މުވައްޒަފުން އެ ގޮތުގެ މަތިން ޢަމަލުކުރާކަން ސިވިލް ސަރވިސްގެ އިދާރާތަކުން ކަށަވަރުކުރަމުން ގެންދިއުމަށް ދެންނެވީމެވެ.

 

12 އޮގަސްޓް 2021
ހޯދާ