ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްތެރިންގެ ދަފުތަރެއް އެކުލަވާލުމާ ގުޅޭ

އިޢުލާން

މިއިދާރާގެ ނަމްބަރު (IUL/393/2021/22   (10/06/2021  އާ ގުޅިގެން އެކަށީގެންވާ ވަރަށް މަސައްކަތްތެރިން ކުރިމަތިލައްވާފައި ނުވާތީ އަލުން އިއުލާން ކުރީމެވެ.

 މިކައުންސިލުން އެސްޓިމޭޓް އުސޫލުންކުރާ 35,000 (ތިރީސް ފަސްހާސް ރުފިޔާ) އަށްވުރެ އަގުދަށް މަސައްކަތްތައް ކުރުމުގައި އަގުބަލާނެ ދަފުތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ. މިދަފްތަރު އެކުލަވާލުމަށްފަހު މިއިދާރާއިން ކުރާ މިދެންނެވިފަދަ  މަސައްކަތްތަކަށް އަގުބެލުމަށް ހަމަޖެހިފައި ވަނީ ދަފުތަރުގައި ހިމެނޭ ފަރާތްތަކުން އެކަނި ކަމުގައި ދެންނެވީމެވެ. މިދަފްތަރުގައި ރަޖިސްޓްރީވުމަށް އެދިލައްވާނީ ކިނބިދޫގެ ކުންފުނިތަކާއި، ވަޑާންގެތަކާއި އަދިވެސް އެފަދަ އެކިއެކި މަސައްކަތްތައް ކުރުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކެވެ.

 ވީމާ 24 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެކުރިން މަސައްކަތްތެރިންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭފޯމް މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

                      04 މުޙައްރަމް  1443                      

12 އޮގަސްޓް  2021

12 އޮގަސްޓް 2021
ހޯދާ