މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޕްލޮމާ ފެންވަރަށް 2 ދަރިވަރަކު ތަމްރީންކުރުން

ޑިޕޮލޮމާ ފެންވަރަށް 2 ދަރިވަރަކު ތަމްރީންކުރުން

             ފަންނީ އެކިދާއިރާ ތަކުން މީހުން ބިނާކުރުމަކީ މިކައުންސިލުގެ  މުހިންމު އަމާޒެއްކަމުގައިދެކި  އަދި މިކަމަށް ހިތްވަރުދިނުމުގެ ގޮތުން  ތިރީގައި މި ދަންނަވާ  ދާއިރާތަކުން  2 ދަރިވަރަކު ތަމްރީނުކުރަން ޤަޞްދު ކޮށްފައިވާތީ، މިކަމަށް އެދޭ ހިންމަފުށީގައި ރަށްވެހިވެފައިވާ ފަރާތްތަކުން  26 އޮގަސްޓް 2021 ދުވަހުގެ 14:00 ކުރިން މި އިދާރާއަށް ތައުލީމީ ސެޓްފިކެޓްތަކާއި އެކު ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

  • ތައުލީމީ އަދި ފަންނުވެރި ދާއިރާ
  • ކޮމިޔުނިޓީ ހެލްތް ސަރވިސް ނުވަތަ ނަރސިންގެ ދާއިރާ

             މިދާއިރާ ތަކުގެ ތެރެއިން އެދަރިވަރަކު ކުރިމަތިލާ  ކޯހުގެ ފީ ދެއްކުން ފިޔަވައި އެހެން ޚަރަދުތައް ކުރަންޖެހޭނީ އެކަމަށް ހޮވޭ ދަރިވަރުންނެވެ. މިކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން 2 ދަރިވަރުން ހޮވާނީ ޝަރުތުހަމަވާ ދަރިވަރުންގެ މެދުގައި ގުރުއަތު ލައިގެންނެވެ.

            މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 އޮގަސްޓް 2021
ހޯދާ