މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން.

އިޢުލާން

 

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން.

 

މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލާއި ގުޅިގެން ކޮންމެ 2 އަހަރުން 1 އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެވޯޑު ދިނުމަށް ނިންމާފައިވާތީ، މިއެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު 11 އޮގަސްޓް 2021 ވާ ބުދަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލަމެވެ.

    

އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

#

ދާއިރާ

އެވޯޑް ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ އަދަދު

01

ނުކުޅެދުންތެރިކަން ހުންނަ މީހުން

2 ފަރާތް

02

އެކި ގޮތްގޮތުން ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުން

ވަކި އަދަދެއް ކަނޑައެޅިފައިނުވޭ

03

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާ (ސަރުކާރު ސްކޫލްތައް އަދި އަމިއްލަ ފަރާތްތައް)

1 ފަރާތް

04

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ

1 ފަރާތް

05

ފަންނީ އަދި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ

1 ފަރާތް

06

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅުކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (އަމިއްލަ ކުންފުންނި / ސަރުކާރު ހިއްސާވާ ކުންފުނި)

1 ފަރާތް

 

މިދާއިރާތަކުން މިއެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ(ނޮމިނޭޓް) ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.

 

އެވޯޑު ދެވޭ ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ، މި މިނިސްޓްރީ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލްގެ ފަރާތުން އެކުލަވާލާ ކޮމިޓީއަކުންނެވެ.

 

 

މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

 

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް
  • އެޕްލިކޭޝަނުގައި ބަޔާންކުރާ ކަންތައްތަކުގެ ސައްހަކަން އަންގައިދޭ ލިޔުންތައް
  • ނޮމިނޭޓް ކުރާނަމަ އެފަރާތުގެ ސިޓީ
  • އެވޯޑަށް ހުށަހަޅާ ފަރާތުގެ ވަނަވަރު
  • އެވޯޑަށް ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ
  • އެވޯޑަށް ކުރިމަތިލާ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތަފްސީލު ހޯދުމަށް ދެ ބޭފުޅެއްގެ ހެކިކޮށްދޭ ލިޔުމެއް.

 

މި އެވޯޑަށް ކުރިމަތިލާނީ އެވޯޑަށް ހުށަހަޅާ ފޯމުންނެވެ. އެވޯޑަށް ހުށަހަޅާ ފޯމާއި އެވޯޑު އުސޫލު އަދި މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، މި އިޢުލާނާއެކު އާންމުކޮށްފައިވާނެއެވެ.

 

އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ސީޓްރެކް ބިލްޑިންގް (7ވަނަ ފަންގިފިލާ) ގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓްwww.gender.gov.mv  އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބިވަޑައިގަންނަވާނެއެވެ.

 

މިއެވޯޑަށް ކުރިމަތި ލުމުގެ އެންމެ ފަހުތާރީޚަކީ 30 ސެޕްޓެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިންނެވެ.

 

 

12 އޮގަސްޓް 2021
ހޯދާ