ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ރ.ވަންދޫގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރުތައް ކުރުމަށް ބޭނުންވާ ފެރީ ދޯންޏެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު: WAMCO-PRO/IUL/2021/030

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ރ.ވަންދޫގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރުތައް ކުރުމަށް ބޭނުންވާ ފެރީ ދޯންޏެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ރ.ވަންދޫގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރުތައް ކުރުމަށް ތިރީގައި މިދަންނަވާ އުޅަނދު ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

1- 01 ފެރީ ދޯނި

ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

ދުވަސް

ގަޑި

ތަން

ބީލަން ހުށަހެޅުން

23 އޮގަސްޓް 2021 (ހޯމަ)

11:00 (ހެނދުނު)

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

 

 

 

 

2021 އޮގަސްޓް 23 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ލިބޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބައިންޑްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ. 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804  ފެކްސް ނަންބަރު:  3000584 

[email protected]

11 އޮގަސްޓް 2021

11 އޮގަސްޓް 2021
ހޯދާ