ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީ ހިންގަމުން ގެންދާ  ހ. އޯކިޑް 3 ވަނަ ފަންގިފިލާ، 1 އަހަރު ދުވަހުގެ މުއްދަތަށް (ކޮންމެ މަހަކު 2 ފަހަރު)  ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބަށް ޕޮއިންޓް ދިނުމުގެ އުޞޫލާއި ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓް އެޓޭޗްމަންޓްގައި އެވަނީއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ޢިޢުލާނާއި އެކުގައިވާ މަޢުލުމާތު ކަރުދާހާ އެއްގޮތަށް، 23 އޯގަސްޓް 2021 ވާ ހޯމަ ދުވަހު ހެނދުނު 11:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު ހެނދުނު 11:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ 22 އޮގަސްޓް 2021 ވަނަ ދުވަހު 12:00 ގެ ކުރިން  [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި ސުވާލުތަކަށް ދެވޭ މަޢުލޫމާތު  އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިއުކެރެވޭނެ އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ                                                  

3 ވަނަ ފަންގިފިލާ، ހ. އޯކިޑް،

އަމީރު އަޙްމަދު މަގު، މާލެ

ފޯނު: 3336619

 

3  މުޙައްރަމް 1423

11 އޮގަސްޓް 2021

 
11 އޮގަސްޓް 2021
ހޯދާ