އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ހޯދުމަށް ކުރެވޭ އިއުލާން

 

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: S5C-A/2021/3

ތާރީޚް:   11 އޯގަސްޓް  2021

މަޤާމް:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ  

ބޭނުންވާ ޢަދަދު:

1

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1 

ރޭންކް:

  ޖީ.އެސް 3

ސެކްޝަން:

ޝަރްޢީ

އަސާސީ މުސާރަ:

  -/ 4465ރުފިޔާ

މަސައްކަތްކުރަންޖެހޭ ތަން:

ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓް

އެލަވަންސްތަކާއި ޢިނާޔަތްތައް:

  • ސަރވިސް އެލަވަންސް: -/1500 ރުފިޔާ
  • ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %25 އަށްވާ ފައިސާ
  • ލިވިންގ އެލަވަންސް: -/2,550 ރުފިޔާ
  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އަސާސީ ޝަރުޠު:

 

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

އެހެނިހެން ޝަރުތު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  2. ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:

  • ކޯޓަށް ހުށަހެޅޭ ޝަރުޢީ މައްސަލަތައް ކޭސް މެނޭޖްމަންޓަށް އެމައްސަލަތައް އެންޓްރީކޮށް މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާ ބެލެހެއްޓުން.
  • މައްސަލަތަކާއި ގުޅިގެން މައްސަލައާ ގުޅުން ހުރި ފަރާތްތަކަށް ދޫކުރަންޖެހޭ ޝަރުޢީ ރިޕޯޓުތައް ލިޔެ ތައްޔާރުކުރުމާއި، ރިޕޯޓުތައް ދޫކުރުން.
  • ކޯޓަށް ވަންނަ އެންމެހާ ލިޔުންތައް ބަލައިގަނެ އެންޓްރީކޮށް ބެލެހެއްޓުން.
  • ޖިނާއީ މައްސަލަތަކުގައި ލިޔަންޖެހޭ އޯޑިއޯ/ ވީޑިއޯ ބަޔާންތަކާއި އޯޑިއޯ/ވީޑިއޯ ޓްރާންސްކްރިޕްޓް ލިޔެ ބެލެހެއްޓުން.
  • ބަޔާންނެގޭ ފަރާތްތަކުގެ ބަޔާން ޓައިޕްކުރުމާއި ބަޔާންތަކުގައި ސޮއިކުރުވުމާއި އަންގާ އެންގުންތައް އެފަރާތްތަކަށް އެންގުން.
  • ކޯޓަށް ޙާޟިރުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރަންޖެހޭ ކޯޓު އަމުރުތައް ތައްޔާރުކުރުން.
  • ޝަރީޢަތުގެ މަޖްލިސް ތައްޔާރުކޮށް ބެލެހެއްޓުމާއި، ޝަރީޢަތުގެ މަޖިލީހުގައި ލިޔަންޖެހޭ ލިޔުންތައް ލިޔެ ތައްޔާރުކުރުން.
  • ކޯޓުގެ ސްޓޮކްބާކީ ޤަވާއިދާ އެއްގޮތަށް ބެލެހެއްޓުމާއި، ސްޓޮކަށް ތަކެތި ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ހޯދުން.
  • ސަރުކާރުގެ އޮފީސްތަކަށް ފޮނުވަންޖެހޭ މެސެޖް، ސިޓީ، ރިޕޯޓު ފަދަ ލިޔންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އެތަކެތި ރައްކާކޮށް ބެލެހެއްޓުން.
  • ކޯޓަށް ހުށަހެޅޭ ކައިވެނިތަކުގައި ގޭގައިކުރާ ކާވެނީގެ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް ފުރިހަމަކުރަންޖެހޭ ހުރިހާ ލިޔުންތައް ގަވާއިދުން ފުރިހަމަކޮށް ބެލެހެއްޓުން.
  • ދުވަހުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކޮށް ބެލެހެއްޓުން.
  • ކޯޓުގެ ތަފާސްހިސާބަށް ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކޮށް ބެލެހެއްޓުން.
  • ކޯޓުގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުން.

ތަޢުލީމީ ރޮނގު:

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ޤާނޫނީ ދާއިރާ/ އައި.ޓީ

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ޤާނޫނީ ދާއިރާ/ އައި.ޓީ

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ޝަރްޢީދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔަތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. ކުރުމުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތައް ފުރިހަމަކުރުމުގެ ލިޔުންތަކުގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓްފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް ހުށަހެޅުމާއެކު، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓްފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމާއި، އަދި ފުރިހަމަ ކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާއި ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.
  10. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ.
  11. އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ.   

ސުންގަޑި:

  • 25 އޯގަސްޓް 2021 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ފޯމް ހުށަހަޅާނީ ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ސ.މަރަދޫފޭދޫ  މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުންނާއި މިކޯޓުގެ ވެބްސައިޓް
     (http://s-maradhoofeydhoo.courts.gov.mv/) އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރަކީ:   6891538
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
  • މިއިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (PDF) ފޯމެއްޓުގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ        މާކްސް ކަނޑައެޅިފައިވާ އިންސައްތަ

  • ތަޢުލީމް            %30
  • މަސައްކަތު ތަޖުރިބާއާއި ތަމްރީން  10%             
  • ޕްރެކްޓިކަލް ޓެސްޓް  10%        
  • އިންޓަރވިއު           %50 

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތެއްކަމުގައިވުން.
  • އިގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ފެކޭޖް ފަރިތަކަމާއެކު އެޑްވާސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ޙިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި، ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.

 

         

 

11 އޮގަސްޓް 2021
ހޯދާ