ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ސްކޫލް މަރާމާތުކުރުން

ނަންބަރު: GS55/IUL/2021/11

އިޢުލާން

 

   ތިރީގައި މިދަންނަވާ މަރާމާތުތައް ކޮއްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ކުރަންހުރި މަރާމާތުތައް

މިސުކޫލުގެ މަރާމާތުކޮށް ދޭނެ ފަރާތެއް ހޯދުމަށް ކުރި (ނަމްބަރު: GS55/IUL/2021/07 (12 ޖުލައި 2021 )) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ސަޢުގުވެރިކަން ފާޅުކޮށްފައި ނުވާތީ މިސްކޫލްގެ  މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 ކުރަންޖެހޭ މަރާމާތުތައް:

  1. ގްރޭޑް 1 ގެ ފާޚާނަ
  2. ހޯލުގެ ޕާޓިޝަންތައް

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫންނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 10 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި ސުކޫލުގައެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 19 އޯގަސްޓު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ހަމައެގަޑީ ގައި، އެސްޓިމޭޓް ހުށަހެޅި ފަތާތްތަކުގެ ހާޟިރުގައެވެ. ބީލަން ހުށަހަޅާ ފަރާތުން ނުވަތަ ބަދަލުގައި އަންނަ ފަރާތުން މިބައްދަލުވުމުގައި ބައިވެރި ވާންވާނެއެވެ. ބަދަލުގައި އަންނަ ފަރާތުން އެސްޓިމޭޓް ހުށަހަޅާ ފަރާތުގެ ސިޓީއާއި އައިޑީ ކާޑު ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު މި ސުކޫލުން ލިބިވަޑައިގަންނަވާނެއެވެ.

ފޯން: 6780098

އީ-މެއިލް: [email protected]

  

3 މުޙައްރަމް 1443

11 އޯގަސްޓް 2021

11 އޮގަސްޓް 2021
ހޯދާ