މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގެ އިޝްތިހާރުތައް ޕްބްލިޝްކޮށްދޭން އޮންލައިން ނޫސް މީޑިއާތަކަށް ފުރުސަތު ހުޅުވާލުން.

 

މި އޮތޯރިޓީން، އާންމުން ޓެކުހަށް ހޭލުންތެރިކުރުމުގެ ގޮތުންނާއި އެހެނިހެން ކަންކަމާ ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ މަޢުލޫމާތުތައް އޮންލައިން ނިއުސް މީޑިއާތައް މެދުވެރިކޮށް ފޯރުކޮށްދޭން ބޭނުންވެއެވެ. އެހެންކަމުން، އެ ފަދަ ހިދުމަތްތައް ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުގެ ހުށަހެޅުންތައް، ތިރީގައި މި ދަންނަވާ މަޢުލޫމާތުތަކާ އެކު މި އޮތޯރިޓީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  • އޮންލައިން ނިއުސް މީޑިއާގެ ޕްރޮފައިލް
  • އޮންލައިން ނިއުސް މީޑިއާގެ ރޭންކިން ( އާންމުންގެ މެދުގައި ނިއުސް ޕްލެޓްފޯމް މަގުބޫލު މިންވަރު ބެލުމަށް / ރޭންކިން ބަލައިފައިވާ ގޮތުގެ ތަފުސީލު ހުށަހަޅަންވާނެ)
  • އޮންލައިން ނިއުސް ޕްލެޓްފޯމުން ލިބެންހުރި ޕެކޭޖްތަކުގެ މަޢުލޫމާތު
  • އޮންލައިން ނިއުސް ޕްލެޓްފޯމުން ލިބެންހުރި ޕެކޭޖްތަކުގެ އަގު ( ވަކި ވަކި މީޑިއާ ޕެކޭޖު ހުށަހަޅާނަމަ ކޮންމެ ޕެކޭޖެއްގެ އަގު ވަކިން ހުށަހެޅުން)

 

ވީމާ، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން، ދެންނެވުނު މައުލޫމާތު ހިމެނޭ ޕްރޮޕޯޒަލްތައް  21 އޮގަސްޓު 2021 ވާ ހޮނިހިރު  ދުވަހުގެ 16:00ގެ ކުރިން ތިރީގައި މި ދަންނަވާ އިމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.

މި ގޮތުން، އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

11 އޮގަސްޓް 2021
ހޯދާ