މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ކިހާދޫ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން

c

                                   

      މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ    

         ކިހާދޫ ، ދިވެހިރާއްޖެ       

Secretariat of the Southmaalhosmadulu Kihaadhoo Council

Kihaadhoo, Rep. of Maldives

                                                                  ނަންބަރު: (IUL)316/316/2021/32

 

 

އިޢުލާން

 

ބ.ކިހާދޫ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

 

                       މިކައުންސިލުންދޭ  މަޢުލޫމާތާއި އެއްގޮތަށް ބ. ކިހާދޫގެ ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑްޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިއަށްދާނީ މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، އީމެއިލްގެ ޒަރިއްޔާއިންނެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އަށެވެ. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

ބީލަންވެރިން ރަޖިސްޓްރީ ކުރުން:

2021 އޮގަސްޓް 15 އިން 2021 އޮގަސްޓް 25 ވަނަ ދުވަހުގެ 12:00 އަށް،

ޕްރީ ބިޑް މީޓިންގ:

2021 އޮގަސްޓް 31 ވަނަދުވަހުގެ 13:00 ގައި ކިހާދޫ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލް އިން ކަނޑައަޅާ ގޮތެއްގެ މަތިން އޮންލައިންކޮށް

ބިލާން ހުށަހެޅުމާއި، ހުޅުވުން:

2021  ސެޕްޓެމްބަރ 16 ވަނަދުވަހުގެ 13:00 ގައި ކިހާދޫ ކައުންސިލް އިދާރާގައި،  

 

  

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިމަސައްކަތާއިބެހޭ އެންމެހައި ލިޔެކިޔުންތައް 15 އޮގަސްޓް 2021  އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 15 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މަތީގައިވާ އީމެއިލް އެޑްރެހަށެވެ. ބިޑް ހުޅުވުން އޮންނާނީ 2021 ސެޕްޓެމްބަރ 16 ވަނަ ދުވަހުގެ 13:00 ކިހާދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީގައި ރަޖިސްޓްރީ ނުވާ ވިޔަފާރިތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން،  އަދި ބީލަން ހުށަހަޅާފަރާތުގެ ނަންލިޔެވިފައި އޮންނަންވާނެއެވެ.

 

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

 

 

           

                 02  މުޙައްރަމް      1443

                  10  އޮގަސްޓް       2021

10 އޮގަސްޓް 2021
ހޯދާ