މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. މަޑުއްވަރީ ހުޅަނގުފަރާތު ޖެޓީ ޕޭމަންޓް މަރާމާތުކުން

   ބީލަން ހުށަހެޅުމުގެ ދަޢްވަތު

 

1-                    މ. މަޑުއްވަރީ ހުޅަނގުފަރާތު ޖެޓީ ސަރަހައްދުގެ ޕޭމަންޓުން  ގާތަށްނެގި ، ހަލާކުވެފައި ހުރިތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ކައުންސިލުން ބަޔެއްތަކެތި ދީގެން ، ބަޔެއް އަމިއްލަ ތަކެތި ބޭނުންކޮށްގެން މަސައްކަތް ކުރުމަށް ޝައުޤުހުރި ފަރާތްތަކަށް ފުރުޞަތު

 ހުޅުވާލަމެވެ. ބީލަމަށް ކުރިމަތި ލެވޭނެ ފަރާތްތަކާއި ، ބީލަމާގުޅޭ މަޢްލޫމާތު މިއިޢްލާނާ އެޓޭޗް ކުރެވިފައިވާ ބީލަން ފޮތުގައިވާނެއެވެ.

 

2-                    މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން 2021 އޮގަސްޓް 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރި  ވުމަށް

( ނަންނޯޓް ) ކުރެއްވުން އެދެމެވެ. މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރެއްވުމަށް  ބޭނުންވާ ފަރާތްތަކުން ބަންދުނޫން ދުވަސްތަކުގައި 9:00 އިން 13:00 އަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް ރަޖިސްޓަރ ވެވޭނެއެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރިފަރާތްތަކަށެވެ.

 

v        ރެޖިސްޓްރޭޝަން ފޯމުގެ ލިންކް : http://lnnk.in/g7bD

 

3-                 މި މަސައްކަތާ ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޯގަސްޓް 15 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން  ފޮނުވައި ދެއްވުން އެދެމެވެ. ނުވަތަ 7904399 ނަމްބަރާ ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

4-                 މި މަސައްކަތާ ގުޅޭ މަޢްލޫމާތު ދިނުމުގެ ބައްދަލުވުން 2021 އޮގަސްޓް 15 އާދީއްތަ ދުވަހުގެ 13:00 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި މާލަމުގައި "  އޮންނާނެއެވެ.

 

5-                 ބީލަން ހުށަހެޅުން  އޮންނާނީ 2021 އޮގަސްޓް 19 ވާ ބުރާސްފަތި ދުވަހު 13:05 ގައި  މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި މާލަމު " ގައެވެ. ބީލަން ކަޑައި ހުޅުވާނީ 2021 އޮގަސްޓް 19 ބުރާސްފަތި ދުވަހު 13:15 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި މާލަމު " ގައެވެ.

 

6-                 މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢްލާނުގެ ބަޔެއްގެ ގޮތުގައި އިޢްލާނާއެކު ޢާންމު ކުރެވިފައި ވާނެއެވެ.

 

7-                 ބީލަން ނަން ނޯޓް ކުރުމާއި ، މަސައްކަތާ ގުޅޭ އިތުރު މަޢްލޫމަތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

 

v         މުލަލަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ

v         ފޯން : 6720072 , 7904399   

އީ-މެއިލް:  [email protected]

08 އޮގަސްޓް 2021
ހޯދާ