ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ސާފުކުރުން

        މިއިދާރާގެ ބިންތަކުގެ ތެރއިން ތިރީގައިވާ ބިންތަކުގައި ހުރި ރުއްގަސް ކަނޑަން ޖެހޭތީ، އެރުއްގަހުގެ ވެރިން ސާފު ކުރުމަށް ވަނީ ބޭނުން ވެފައެވެ. އެރުއްގަހުގައި ރަސްގެ ޖަހައި މިއިދާރިއިން ނަމްބަރު ޖަހާފައި ހުންނާނެއެވެ. 

ތަފްސީލް

ނަމްބަރު

ދީކު ގޭ ހުޅަނގުން އޮތް ކައުންސިލްގެ ހުސްބިމުގައި ހުރި ރުއްގަސް

ނަމްބަރ 01 ން 50 އަށް

އަލަށް ގޯތި ދިން ސަރަހައްދުގައި އޮތް ކައުންސިލް ހުސްބިން ތަކުގައި ހުރި ރުއްތައް

01 ން 100 އަށް

       ވީމާ އެރުއްގަހުގެ ވެރިން، އެރުއްގަހުގައި މިއިދާރާއިން ޖަހާފައި ހުރި ނަމްބަރު މިއިދާރާއަށް ދުރުވެ ނޯޓު ކުރުމަށް ދެންނެވީމެވެ. 18 އޯގަސްޓް 2021 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ގާނޫނު ނަމްބަރ 21/98 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެރުއްގަސް ކަނޑާ ލެވޭނެ ވާހަކަ ދެންނެވީމެވެ.

       މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 އޮގަސްޓް 2021
ހޯދާ