ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ފްލޭޝް ކާޑު ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ހޭލާ ހޭލައްވާ ކެމްޕޭންގެ ދަށުން ތައްޔާރުކުރާ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ގުޅޭ ފްލޭޝްކާޑްތައް ޕްރިންޓްކުރުމާއި ބެހޭ

މި އޮތޯރިޓީން ހޭލާ ހޭލައްވާ ކެމްޕޭންގެ ދަށުން ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ގުޅޭ ފްލޭޝްކާޑްތައް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 3010551 ނަންބަރަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ތާވަލާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ވަގުތު

ތަން

މަޢުލޫމާތު ދިނުމުގެ ސެޝަން

22 އޮގަސްޓް 2021

11:00

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މީޓިންގ ރޫމް (ހ. މައިޒާންދޮށުގެ، ސޯސަންމަގު، 03 ވަނަ ފަންގިފިލާ)

އަންދާސީ ހިސާބު ހުށަހެޅުން

26 އޮގަސްޓް 2021

11:00

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މީޓިންގ ރޫމް (ހ. މައިޒާންދޮށުގެ، ސޯސަންމަގު، 03 ވަނަ ފަންގިފިލާ)

 

10 އޮގަސްޓް 2021
ހޯދާ