ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ގައްދޫ ސިއްޙީމަރުކަޒުގެ ޑްރެސިން ރޫމްގެ ދިޔަދޮވި އަދި ސީލިން މަރާމާތުކުރުމުގެ މަސައްކަތް އަދި މަރުކަޒުގެ ބޭނުންކުރަމުންދާ ކަބަޑުތައް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

                                                        ނަންބަރ: Q4-SM-IUL-2021-08

އިޢުލާން

ގދ.ގައްދޫ ސިއްޙީމަރުކަޒުގެ ޑްރެސިން ރޫމްގެ ދިޔަދޮވި އަދި ސީލިން މަރާމާތުކުރުމުގެ މަސައްކަތް އަދި މަރުކަޒުގެ ބޭނުންކުރަމުންދާ ކަބަޑުތައް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

         ގދ.ގައްދޫ ސިއްޙީމަރުކަޒުގެ ޑްރެސިން ރޫމްގެ ދިޔަދޮވި އަދި ސީލިން މަރާމާތުކުރުމުގެ މަސައްކަތް އަދި މަރުކަޒުގެ ކަބަޑުތައް މަރާމާތުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ އިއުލާން ނަންބަރ: Q4-SM-IUL-2021-05 (02 އޮގަސްޓް 2021)ގެ މުއްދަތު 09 އޮގަސްޓް 2021އަށް ހަމަވިއިރު އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން އިޢުލާން ކުރީމެވެ.

         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޙަށް ގދ.ގައްދޫ ސިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ.

ތާރީޙް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (12 އޮގަސްޓް 2021) ބުރާސްފަތި

11:00ގައި

ގދ.ގައްދޫ ސިއްޙީމަރުކަޒު

އަންދާސީ ހިސާބު ހުށަހެޅުން (17 އޮގަސްޓް 2021) އަންގާރަ

11:00ގައި

ގދ.ގައްދޫ ސިއްޙީމަރުކަޒު

         މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ:  18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ:  19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެކަށެވެ.

         މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން  އެދެމެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

         އަންދާސީ ހިސާބު ހުށައަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން އިނގޭނެ ލިޔުމަކާއިއެކު ބަދަލުގައި ފޮނުއްވާ މީހާގެ އައިޑީކާޑު ކޮޕީ ހުށައަޅަންވާނެއެވެ. މިފަދަލިއުމެއްނެތި ހުށައެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ހަމައެއާއިއެކު އަންދާސީ ހިސާބު ހުށައެޅުއްވާއިރު ވިޔަފާރީގެ އެންމެހާ ލިޔެކިޔުންތަކެއް ބިޑް ޑޮކިއުމެންޓާއެކު ހުށައަޅަންވާނެއެވެ.

                          ވީމާ، މިކަމަށް އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

02 މުޙައްރަމް 1443

 

                                

10 އޮގަސްޓް 2021
ހޯދާ