ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ / ޓްރެއިނިންގ މެނޭޖަރ

މަޤާމް :ލެކްޗަރަރ (ޓްރޭނިންގ މެނޭޖަރ)
ބޭނުންވާ އަދަދު :1

މަޤާމު:

ލެކްޗަރަރ / ޓްރެއިނިންގ މެނޭޖަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ޓްރެއިނިންގ އެނޑް ޑެވެލޮޕްމަންޓް ޔުނިޓް

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

45

މުސާރަ:

މަހަކު 14,957.05 ރ

ސަރވިސް އެލަވަންސް:

މަހަކު6,410.17  ރ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • އެމް.އެން.ކިޔޫ.އެފް ލެވެލް 9 ގެ ސަނަދާއި ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން އަދި މި ދެ ސަނަދުގެ ޖުމްލަ ކިޔެވުން މަދުވެގެން 04 އަހަރުގެ ފުލްޓައިމް އިކްއިވަލަންޓް ކްރެޑިޓް (ރާއްޖޭގެ އެމް.އެން.ކިޔު.އެފް މިންގަނޑުން 480 ކްރެޑިޓްސް) ހާޞިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން އާއި އޮޕަރޭޝަންލް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެ އެހީތެރިކަން ދިނުން
  • ސްޓްރެޓެޖިކް ޕްލޭން ގެ މައްޗަށް ބިނާކޮށް ޓީ.ޑީ.ޔޫގެ އޮޕަރޭޝަނަލް ޕްލޭންއެކުލަވާލުމުގައި ބައިވެރިވުން އަދި މަސައްކަތް ނިންމުން. 
  • އޮޕަރޭޝަނަލް ޕްލޭންގައިވާ ލަޑުދަނޑިތައް ޙާޞިލުކުރުމަށްޓަކާ ކުރު މުއްދަތުގެ ކޯސްތަކުގެ ކެޓަލޮގް އެކުލަވާލުމާއި، ފުރިހަމަކުރުމާއި ރިވައިޒް ކުރުން.
  • ފެކަލްޓީ / ސެންޓަރ / ސްކޫލް / ކެމްޕަސް / ޑިވިޝަން / ސެކްޝަން ތަކުގެ އެކަޑެމިކް / އެޑްމިން / ސަޕޯރޓް ސްޓާފންގެ ނީޑްސް އެނަލިސް އެއް އަހަރަކު އެއް ފަހަރު ހަދާ އެނަލައިޒް ކުރުން
  • މި ނީޑްސް އެނަލިސިސް ގެ މައްޗަށް ރިއާޔަތްކޮށްގެން ކޯސް ކެޓަލޮގް އަޕްޑޭޓް ކުރުމާއި ޓްރޭނިންގް ޕްލޭންނެއް ތައްޔާރުކޮށް އެއަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުން.
  • އަހަރުތެރޭގައި ހިންގުމަށް ރޭވިފައިވާ ކުރު މުއްދަތުގެ ކޯސްތައް ފެކަލްޓީ / ސެންޓަރ / ސްކޫލް / ކެމްޕަސް / ޑިވިޝަން / ސެކްޝަން ތަކާ ގުޅިގެން ކުރިޔަށް ގެންދިޔުން.
  • ތަމްރީނު ކޯސްތަކުގައި ކިޔަވައިދިނުން އަދި ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތައް ތައްޔާރުކޮށް އަޕްޑޭޓްކުރުން އަދި ސިސްޓަމެޓިކް ގޮތަކަށް މިމެޓީރިއަލް ބެލެހެއްޓުން.
  • ކުރުތަމްރީނުތައް އުގަންނައިދޭ ފަރާތްތައް ދެނެގަނެ އެފަރާތްތތަކާއި ދެމެދު ޕްރޮފެޝަނަލް ގާތްގުޅުމެއް ބާއްވާ އެފަރާތް ކޮންޓެކްޓް ލިސްޓް ހަދާ ބެލެހެއްޓުން. އަދި ތަމްރީނުތަކަށް މިފަރާްތތަކުގެ އެއްބާރުލުން ހޯދުން.
  • ތަމްރީނު ކޯސްތަކުގެ ތެރެއިން މޫޑުލް މެދުވެރިކޮށް ހިންގޭނޭ ކޯސްތައް ދެނެގަނެ ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދާއި އެކު އެކުލަވާލުން އަދި ކޯސްތައް ސެޓްކޮށް ފުރިހަމަކުރުން.
  • މުވައްޒަފުންގެ ޤާބިލުކަން އިތުރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ތަރައްޤީކޮށް، އެކަށޭނެ ތަމްރީނު ދިނުމުގެ ތަފާތު މެތަޑުތައް ހުށަހެޅުން (މިސާލަކަށް ސިމިޔުލޭޝަން، މެންޓަރިންގ، އޮންދަ ޖޮބް ޓްރޭނިންގ ދީގެން ނުވަތަ ޕްރެކްޓިކަލް ހިންގައިގެން).
  • ކޮންމެ ސެޝަނަކަށްފަހު ޓްރެއިނަރުންނާއި ބައިވެރިންގެ ފީޑުބެކް ހޯދުން އަދި އިމްޕެކްޓް ދެނެގަތުން.
  • ތަމްރީނުގެ ފަހުން ޢަމަލީ ގޮތުން މަސައްކަތް ކުރުމުަގއި ތަމްރީނުގެ އިމްޕެކްޓުން މުވައްޒަފުންނަށް ލިބުނު މަންފާތައް ދެނެގަތުމަށް ބައެއް ކޭސްސްޓަޑީ ހެދުން
  • ރަސްމީ ކުރުތަމްރީނުގެ އިތުރަށް ސެމިނަރ ތަކާއި ވާރކްޝޮޕްތަކާއި އެ ނޫންވެސް ޓްރޭނިންގތައް ޑިޒައިން ކޮށް ހިންގުން
  • މުވައްޒަފުން ވަޒީފާއަށް ތައްޔާރު ކުރުމާއި އަހުލުވެރި ކުރުމުގެ އިންޑަކްޝަން ޕްރޮގްރާމް ރޭވުމާއި، ޑިޒައިން ކުރުމާއި، ހިންގުމުގައި ބައިވެރިވެ ވިލަރެސް ކުރުން.
  • ޙާލަތަށް ބަލާ ވަކިކަމަކަށް އަމާޒް ކޮށްގެން ޓްރޭނިންގ ހިންގުން ނުވަތަ ދިމާވާ ވަކިކަންކަމަށް ހައްލު ހޯދޭނެ ޕްރޮގްރާމްތަކެއް ހިންގުން.
  • އެކިއެކި މުއައްސަސާތަކުން އެދޭ ތަމްރީނު ހިންގުމުގައި ޔުނިވަރސިޓީއަށް އެހީތެރިކަން ދިނުމާއި ބައިވެރިވުން
  • ޒަމާނާއި އެއްގޮތަށް ތަމްރީނު ދިނުމަށް ގެނެވޭ ބަދަލުތަކަށް އަހުލުވެރިވެ އެބަދަލުތަކާއެއްގޮތަށް ތަމްރީނުތައް ބައްޓަންކުރުން
  • މަތީގައިބޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސެކްޝަނުން ކުރަންޖެހޭ ކަންކަމުގައި ބައިވެރިވެ އެހީތެރިކަން ދިނުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2021 އޮގަސްޓް 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމު ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

 https://tinyurl.com/MNU-Jobs-CA-104

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކްތަކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/JobApplicationForm-for-Locals-English

http://bit.do/JobApplicationForm-for-Locals-Dhivehi

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • މި މަޤާމަށް ކުރިމަތިލާ ފަރާތަކީ ހަޔަރ އެޑިއުކޭޝަން ދާއިރާގައި މަދުވެގެން 05 އަހަރަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.
  • މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި ކޮލީޖިއަލް އެންޑް ކޮލަބޮރޭޓިވް (ޓީމެއްގެ ތެރޭގައި އެކުވެގެން މަސައްކަތް) ކޮށް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ޕްރޮގްރާމްތައް ހިންގައި މުވައްޒަފުން ތަމްރީނުކުރުމުގެ ތަޖުރިބާ ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނަންބަރު 3345142 ފޯނަށެވެ.
04 އޮގަސްޓް 2021
ހޯދާ