މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ބިދޭސީ ލައިސަންސަށް ބިނާކޮށް ދިވެހި ލައިސަންސް ދޫކުރުމުގެ އުސޫލު

ބިދޭސީ ލައިސަންސަށް ބިނާކޮށް ދިވެހި ލައިސަންސް ދޫކުރުމުގެ އުސޫލު

 

1-      މިނިސްޓްރީން ޝާއިޢު ކޮށްފައިވާ ލިސްޓްގައި ހިމެނޭ ގައުމުތަކުގެ ލައިސަންސަށް ބިނާކޮށް ދިވެހި ލައިސަންސް އެއްވެސް އިމްތިހާނެއް ހެދުމަކާ ނުލާ ތިރީގައިވާ ލިޔުންތައް ހުށަހެޅުމުން ލައިސަންސް ދޫކުރެވޭނެއެވެ.

 

ހ. LL1 ފޯމު

ށ. ފޮޓޯ ނެގިތާ 03 މަސް ނުވާ ޕާސްޕޯޓް ސައިޒުގެ ފޮޓޯ

ނ. ދިވެއްސެއް ނަމަ އައިޑީ.ކާޑު ކޮޕީ އަދި ލައިސަންސް ދޫކޮށްފައިވާ ގައުމުގައި ލައިސަންސް ދޫކޮށްފައިވާ ތާރީޚުގައި ހުރިކަން އެނގޭނެ ޕާސްޕޯޓް ކޮޕީ

ރ. ބިދޭސީ އެއްނަމަ ވޯކް ވިސާ ކޮޕީ އަދި ޕާސްޕޯޓް ކޮޕީ

ބ. މުއްދަތު ހަމަނުވާ ބިދޭސީ ލައިސަންސް

ޅ. ބިދޭސީ ލައިސަންސް (ބިދޭސީ ލައިސަންސް ސައްޙަކަން ކަށަވަރު ކުރާނީ އޮންލައިންކޮށް، އޮންލައިންކޮށް ވެރިފައި ނުކުރެވޭ ލައިސަންސްގެ ސައްޙަކަން ކަށަވަރު ކުރުމަށް އެމްބަސީގެ ލިޔުން.)

ކ. -/250 ރުފިޔާ

 

2-      މިނިސްޓްރީން ޝާއިޢު ކޮށްފައިވާ ލިސްޓްގައި ނުހިމެނޭ ގައުމުތަކުގެ ލައިސަންސަށް ބިނާކޮށް ދިވެހި ލައިސަންސް ހެއްދުމަށް ފުރިހަމަ ކުރަންޖެހޭނީ ހަމަ އެކަނި ތިޔަރީ އިމްތިހާނެވެ. ލައިސަންސް ހެއްދުމަށް ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

 

ހ. LL1 ފޯމު

ށ. ފޮޓޯ ނެގިތާ 03 މަސް ނުވާ ޕާސްޕޯޓް ސައިޒުގެ ފޮޓޯ

ނ. ދިވެއްސެއް ނަމަ އައިޑީ.ކާޑު ކޮޕީ އަދި ލައިސަންސް ދޫކޮށްފައިވާ ގައުމުގައި ލައިސަންސް ދޫކޮށްފައިވާ ތާރީޚުގައި ހުރިކަން އެނގޭނެ ޕާސްޕޯޓް ކޮޕީ

ރ. ބިދޭސީ އެއްނަމަ ވޯކް ވިސާ ކޮޕީ އަދި ޕާސްޕޯޓް ކޮޕީ

ބ. މުއްދަތު ހަމަނުވާ ބިދޭސީ ލައިސަންސް

ޅ. ބިދޭސީ ލައިސަންސް (ބިދޭސީ ލައިސަންސް ސައްޙަކަން ކަށަވަރު ކުރާނީ އޮންލައިންކޮށް، އޮންލައިންކޮށް ވެރިފައި ނުކުރެވޭ ލައިސަންސްގެ ސައްޙަކަން ކަށަވަރު ކުރުމަށް އެމްބަސީގެ ލިޔުން.)

ކ. -/250 ރުފިޔާ

10 އޮގަސްޓް 2021
ހޯދާ