ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

2021 ޖޫން 28 ވަނަ ދުވަހު ކުރެވުނު މި އިދާރާގެ (ނަންބަރު: IUL)384-A/2021/31)) އިޢުލާނާއި ގުޅިގެން، ބަންޑާރަ ގޯއްޗަށް އެދި ފޯރމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް މި ކައުންސިލްގެ 4 ވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. އެހެންކަމުން މި އިދާރާގެ IUL)384-A/2021/31) ނަންބަރު އިޢުލާނާއި ގުޅިގެން، ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 2021 ސެޕްޓެންބަރު 15 ވާ ބުދަ ދުވަހުގެ 13:00 ކަމުގައި ދަންނަވަމެވެ.

މި ކަންކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 6780034 ގުޅުއްވުން އެދެމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

08 އޮގަސްޓް 2021
ހޯދާ