މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު ނަންބަރު 35/2015 ގެ ދަށުން ހަދަންޖެހޭ ބައެއް ގަވާއިދުތައް ހެދުން

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު ނަންބަރު 35/2015 ގެ ދަށުން ހަދަންޖެހޭ ބައެއް ގަވާއިދުތައް ހެދުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން 2021 ޖުލައި 05 ވަނަދުވަހު ކޮށްފައިވާ ނަމްބަރު IUL)202-A/1/2021/59) އިޢުލާނަޔަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 16 އޯގަސްޓް 2021 ވާ ހޯމަ ދުވަހުގެ 10:30 އަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ މ.ޗަނބޭލީ ވިލާ (ކުރީގެ ސްޓަރސިނަމާ) 2 ވަނަ ފަންގިފިލާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު  ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

އަދި ދަންނަވަމެވެ، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

02 މުޙައްރަމް 1442

10  އޮގަސްޓް 2021           

10 އޮގަސްޓް 2021
ހޯދާ