މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ތަރައްޤީ ޕްލޭނާއި، ފައިނޭންޝަލް ޕްލޭން ތައްޔާރުކުރާނެ ފަރާތެއް ހޯދުން

މިކައުންސިލްގެ ނަންބަރު (IUL)363-PRJ/363/2021/9  (08 ޖުލައި 2021) އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަންދާސީ ހިސާބު  ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލް ކޮށް، ސުރުހީގައި ބުނެފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވުމާއި އެކު މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

08 އޮގަސްޓް 2021 އިން 16 އޮގަސްޓް 2021 އަށް

 

13:00 

އަންދާސީ ހިސާބު ހުށަހެޅުން

26 އޮގަސްޓް 2021

ބުރާސްފަތި

13:00

 

މަޢުލޫމާތު ސާފުކުރުމާއި މަޢުލޫމާތު ކަރުދާސް ދޫކުރުން

މިމަސައްކަތާގުޅޭގޮތުން ބޭނުންވާ މަޢުލޫމާތު 9909988 , 9757801 އަށް  ނުވަތަ މިއިދާރާގެ ނަންބަރު 6720035 އާއި ގުޅުއްވުމުން ލިބޭނެއެވެ. އަދި މިމަސައްކަތް ކުރުމަށް އަންދާސީހިސާބު ހުށަހަޅަންބޭނުންވާ ފަރާތްތަކަށް ކަމާގުޅޭ މަޢުލޫމާތު ކަރުދާސް  ދޫކުރެވޭނެއެވެ.

 

ޕްރޮޕޯޝަލް ހުށަހެޅުން:

ޕްރޮޕޯޝަލް ހުށަހެޅުމުގެ ސުންގަޑިއަކީ  26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ޕްރޮޕޯޝަލެއް ބަލައިނުގަނެވޭނެ ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ޕްރޮޕޯޝަލް ހުށަހެޅުން ހަމަޖެހިފައިވަނީ މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ޕްރޮޕޯޝަލް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި "ރަށުތަރައްޤީ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކުރާނެ ފަރާތެއްހޯދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގެވެރިވާ ފަރާތްތަކުން މަތީގައި ދަންނަވާފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

08 އޮގަސްޓް 2021
ހޯދާ