މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

މަޤާމް:

މަސައްކަތު

ބޭނުންވާ ޢަދަދު:

02  (ދޭއް)

މުސާރަ:

މަހަކު 3100 (ތިން ހާސް އެއްސަތޭކަ) ރުފިޔާ

ސަރވިސް އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 35 (ތިރީސް ފަހެއް) ރުފިޔާ

ރިސްކް އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 35 (ތިރީސް ފަހެއް) ރުފިޔާ

ސަޕޯޓިންގްކޯއެލަވަންސް:

މަހަކު 1200 (ބާރަ ސަތޭކަ) ރުފިޔާ

އިތުރު އިނާޔަތްތައް:

  • ދިވެހި ރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ރަމަޟާންމަހުގެ އިނާޔަތުފައިސާ
  • ބަންދު ދުވަހުގެ އެލަވަންސްގެ ގޮތުގައި، ރަސްމީ ބަންދު ދުވަސްތަކުގެ ތެރެއިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް، އަސާސީ މުސާރައިން ދުވާލަކަށް ޖެހޭ ޢަދަދާއި އެއްވަރުގެ ފައިސާ

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ދުވަހާއި ގަޑި:

ހަފްތާއަކު 6 ދުވަހު ދުވާލަކު 8 ގަޑިއިރު

އިތުރު ގަޑި:             

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ އިތުރުގަޑީގެ ފައިސާގެ ގޮތުގައި، ދުވާލަކު ރަސްމީ މަސައްކަތު ގަޑިއަށްވުރެ އިތުރަށް މަސައްކަތްކުރާ ކޮންމެ މިނިޓަކަށް، އަސާސީ މުސާރައިން މިނިޓަކަށް ޖެހޭ ޢަދަދުގެ 2 ގުނަ ފައިސާ ދެވޭނެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ހުރިހާ ވަގުތުތަކަކީ، އިތުރުގަޑީގެ ވަގުތުތަކެއްކަމުގައި ބެލޭނެ.

މަޤާމުގެ ގިންތި:

ވަގުތީ (2 އަހަރު)

މަސައްކަތް ކުރަންޖެހޭ ތަން:

މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ

ފެންވަރު ނުވަތަ ޝަރުތު:

  1. ދިވެހި ރައްޔިތަކު ކަމުގައިވުން.
  2. އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.
  3. ލިޔަންކިޔަން އެނގުން.
  4. ގިނަވަގުތު މަސައްކަތު އުޅެވޭފަދަ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެކި ފަރާތްތަކުން ކުނިކޮށްޓަށް ގެންނަ ކުނީގެ ބާވަތްތައް ވަކިކޮށް އެބަޔަކަށް ޚާއްޞަ ކުރެވިފައިވާ ބަޔަށް ކުނިތައް އެޅުން.
  2. ކުނީގެ ބާވަތްތައް ވަކިނުކޮށް ކުނިކޮށްޓަށް ކުނި ގެންނަފަރާތްތައް ފާހަގަކޮށް އެކަން ހަނދާންކޮށްދީ ތަކުރާރުވާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލް އިދާރާއާއި ހިއްސާކުރުން.
  3. ކައުންސިލް އިދާރާގެ ފަރާތުން ރަށުގެ އިޖުތިމާއީ އެކިސަރަހައްދުގައި ބަހައްޓާ ޑަސްބިންތައް ކުނިކޮށްޓަށް ގެންދިއުން.
  4. ކައުންސިލް އިދާރާ އިން ހަމަޖައްސާ އުސޫލެއްގެ ދަށުން ރަށުގެ ގޭބިސީތަކާ ސަރުކާރުގެ އިދާރާތަކުންނާއި ފިހާރަ ރެސްޓޯރަންޓް ތަކުން ކުނިނަގައި ޕިކަޕްގައި ކުނިކޮށްޓަށް ގެންދިއުމާއި ކުނިއަޅަން ހަމަޖައްސާފައިވާ ގޮތެއްގެމަތިން ކުނިއެޅުން
  5. އެންދޭ ބާވަތުގެ ކުނި ވަކިކޮށް ކުނި އެންދުމަށް ޚާއްޞަކޮށްފައިވާ ބައިގައި ކުނި އެންދުން.
  6. އަންދާކުނި އެންދުމުގައި އާއްމުންނަށް އުނދަގޫ ނުވާނެ ގޮތެއްގެ މަތިން އެންދުން.
  7. ކައުންސިލް އިދާރާއިން ހަމަޖައްސާ ގޮތެއްގެ މަތިން ކުނިކޮށި އަދި ކުނިކޮށްޓަށް ހޯދާ ޕިކަޕް، މެޝިނަރީޒް، އަދި ހިފާގެންގުޅޭ ތަކެތި ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.
  8. ކުނިކޮށްޓަށް ލިބޭގެއްލުންތައް ކައުންސިލްއިދާރާއަށް އަންގާ ރަނގަޅުކުރުމަށް މަސައްކަތްކުރުން.
  9. ކުނި މެނޭޖްކުރުމާގުޅޭ އެއްމެހައި މަސައްކަތްތައް ކުރުން.
  10. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތު ތަޖްރިބާ، ހުނަރު، ޤާބިލްކަން އަދި ފެންވަރު.

3. ގިނަވުގުތު މަސައްކަތުގައި އުޅެވޭ ވަގުތަށް ފަރުވާތެރި މީހަކަށްވުން.

4. ރަނގަޅު ޞިއްޙަތެއްގައި ހުންނަ ސާފުތާހިރުކަމަށް ލޯބިކުރާ މީހަކަށްވުން.

5. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 17 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިޔަށްދާނީ މި މުއްދަތުގެ ތެރޭގައި މި އިދާރާ ރަސްމީކޮށް ހުޅުވިފައި ހުންނަ ވަގުތު ތަކުގައެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާ އަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
  5. އެއްވެސް ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2021 އޮގަސްޓް 22 އާ 25 އާއި ދެމެދު މި އިދާރާގައެވެ.

08 އޮގަސްޓް 2021
ހޯދާ