ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
2 ކްލާސްރޫމާއި ޓީޗަރސް ރޫމުން ބައެއްގައި މުށި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ

ހަނިމާދޫ ސްކޫލް                       

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

ނަންބަރ: GS60(B)/2021/023 

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މި ސްކޫލުގެ ދެ ކްލާސްރޫމް އެއްކޮށް އަދި ޓީޗަރސްރޫމުން ބައެއްގައި ހުރި މުށިތައް ނައްޓައި އަލުން މުށިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މިއީ މިކަމަށްޓަކައި ކުރެވޭ ދެވަނަ އިޢުލާނެވެ.
  3. މި ޕްރޮޖެކްޓަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
  4. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 އޯގަސްޓް 10 އިން 2021 އޯގަސްޓް 12ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް، ތިރީގައިވާ ލިންކު މެދުވެރިކޮށް، ފޯމް ހުށައެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  5. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 2021 އޯގަސްޓް 15 ވަނަ ދުވަހުގެ 09:00ގެ ކުރިން، މި އިޢުލާންގެ 9 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  6. މި އިޢުލާނާގުޅިގެން ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ ގޫގުލް މީޓް މެދުވެރިކޮށް 2021 އޯގަސްޓް 15 ވަނަ ދުވަހުގެ 10:00 ގައެވެ. (މީޓިންގ ލިންކް، ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.)
  7. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 އޮގަސްޓް 18 ވަނަ ދުވަހުގެ 10:00 ގައިހަނިމާދޫ ސްކޫލު އޮފީހުގެ ރިސެޕްޝަން ގައެވެ. 
  8. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  9. މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ހަނިމާދޫ ސްކޫލް

އޯކިޑްމަގު، ހދ. ހަނިމާދޫ، ދިވެހިރާއްޖެ.

ފޯން: 6520533 ، 9907020

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:

https://docs.google.com/forms/d/e/1FAIpQLSfVFY4jxAxj2T9t-WDF-b1yb8OqvJYwB44nDLGxD72bVIw7bg/viewform   

29 ޛުލްޙިއްޖާ 1442ހ

                                                          12 އޯގަސްޓް 2021މ                                                                          

 

 ނޯޓް: އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާނީ މާސްކް އަޅުއްވައިގެންނެވެ.  

08 އޮގަސްޓް 2021
ހޯދާ