މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން ބޭއްވުން

އިޢުލާން

ރައްޔިތުންގެ ބައްދަލުވުން ބޭއްވުން

ޤާނޫނު ނަންބަރު 7/2010 ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން  ކައުންސިލުން ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ ބައްދަލުވެއް 13 އޯގަސްޓް 2021 ވާ ހުކުރު ދުވަހުގެ ރޭ 08:45 ގައި  މާކުރަތު ކޮމިއުނިޓީ ސެންޓަރުގެ ބޭރު ފެންޑާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ކުރިޔައްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނާއި ހިއްސާކޮށް ޚިޔާލު ހޯދުމާއި، އަދި ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތާއި ކައުންސިލުން ކުރިޔަށް ގެންދާ ޙަރަކާތްތަކާއި ރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްޞާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، ބަޔާންކުރެވިފައިވާ ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ.

29 ޛުލްޙިއްޖާ 1442

08 އޮގަސްޓް 2021
ހޯދާ