އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮފީސްތެރެ ފޮޅައި ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ

ޣާޒީ ބިލްޑިންގ ގައި މިއޮފީސް ހިންގަމުން އަންނަ ބައި އެއް އަހަރު ދުވަހުގެ މުއްދަތަށް  ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2021 އޮގަސްޓް 15 ވާ އާދީއްތަ ދުވަހު 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 2021 އޮގަސްޓް 18 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި އެދުވަހެއްގެ 11:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ވަޑައިގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

08 އޮގަސްޓް 2021
ހޯދާ