ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އިންޑޯރޖިމް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އިންޑޯރ ޖިމް ކުއްޔަށް ދޫކުރުން

 

ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް އިންޑޯރ ކްރިކެޓް ހޯލްގެ ފުރަތަމަ ބުރީގައިވާ ޖިމް 1 ސެޕްޓެމްބަރ 2021 އިން ފެށިގެން 30 ސެޕްޓެމްބަރ 2024 އަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.

ވީމާ މިމުއްދަތުގައި ޖިމް ހިންގެވުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 އޯގަސްޓް 2021 ގެ 1330 އަށް ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ އޮފީހަށް ހާޒިރުވެ މައުލޫމާތު ސާފުކުރައްވައި ،

19 އޯގަސްޓް 2021 ގެ 1330 ގައި ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް އަށް އަންދާސީ ހިސާބު ހުށައަޅެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ލިބޭނީ މައުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

 

 

 

08 އޮގަސްޓް 2021
ހޯދާ