ޑްރަގް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

 

`

 

ޑްރަގް ކޯޓު

މާލެ، ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: IUL)435-A1/2021/9)

ތާރީޚް: 05 އޮގަސްޓް 2021


މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ޢަދަދު

1

ރޭންކް: އެމް.އެސް 3

މަސައްކަތްކުރަންޖެހޭ ތަން

ޑްރަގް ކޯޓު / ކ.މާލެ

ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން

ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް އެޗް.އާރު ޔުނިޓް

އަސާސީ މުސާރަ:

-/7,035 ރުފިޔާ

އެލަވަންސް:

-  ސަރވިސް އެލަވަންސް: -/2000 ރުފިޔާ

- ލިވިންގ އެލަވަންސް: -/2700 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

- ދިވެހިރާއްޖެގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ފެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  2. ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ޑްރަގް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ކޯޓުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޚިދުމަތުގެ މިންގަނޑުތަކެއް ކަނޑައަޅައި، އެ މިންގަޑުގައި ޚިދުމަތުގެ ފެންވަރު ހިފެހެއްޓުން.
  2. ކޯޓަށް ލިބޭ އެންމެހައި ލިޔެކިޔުންތައް ބަލައިގަނެ ރައްދުކުރަން ޖެހޭ ސެކްޝަންތަކަށް ރައްދުކުރުމާއި، ސެކްޝަނުން ބޭރަށް ފޮނުވަން ޖެހޭ އެންމެހައި ތަކެތި ފޮނުވަން ޖެހޭ ވަގުތުގެ ތެރޭ ރައްދުކުރެވޭކަން ކަށަވަރުކުރުން.
  3. މުވައްޒަފުންގެ ހާޒިރީއާއި އިތުރުގަޑީގެ ހާޒިރީ ބެލެހެއްޓުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  4. އޮފީސް ހުޅުވައި ލެއްޕުމުގެ އިންތިޒާމު ބެލެހެއްޓުން.
  5. ޖަލްސާ/ކޮމިޓީ/ބައްދަލުވުންތައް އިންތިޒާމު ކުރުމުގެ ގޮތުން ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  6. ކޯޓުގެ އިމާރާތާއި ތަކެއްޗާއި ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  7. ކޯޓުގެ މުވައްޒަފުންނަށް އަންގަން ޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް މުވައްޒަފުންނަށް އަންގައި އޮޅުންފިލުވައިދިނުން.
  8. ކޯޓަށް ބޭނުންވާ ތަކެތި ހޯދުމާއި އެ ތަކެތި ދޫ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މިކަންކަން މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ހިންގައި ބެލެހެއްޓުން.
  9. ކޯޓުގެ މުވައްޒަފުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދަން ޖެހޭ ތަމްރީނުތަކަކީ ކޮބައިތޯބަލައި އެފަދަ ތަމްރީނުތައް ހޯދުމަށްޓަކައި ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އަޅަން ޖެހޭ ފިޔަވަޅުތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން އެޅުން.
  10. މުވައްޒަފުން ތަމްރީނު ކުރުމާ ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި، އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ މުވައްޒަފުންގެ ކަންތައްތައް ސެކްޝަން ހެޑްގެ މަޝްވަރާއާ އެކު އެޅުމާއި، އެކަމާ ބެހޭ ލިޔުންތައް ލިޔެ ރެކޯޑު ބެލެހެއްޓުން.
  11. ކޯޓުގެ މުވައްޒަފުން އިޞްލާޙުކުރުމަށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި އެކަންކަމުގެ ރެކޯޑުތައް ބެލެހެއްޓުން.
  12. ކޯޓުގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަމުގައި ހުށަހެޅޭ ޝަކުވާތައް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް ސެކްޝަން ހެޑް އަންގާ ގޮތެއްގެ މަތިން އެޅުން.
  13. މުވައްޒަފުން އިތުރުކުރުމާއި ވަކިކުރުމާއި ބަދަލުކުރުމާ ބެހޭ އެންމެހައި ކަންތައްތައް ޗީފް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން.
  14. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ހޯދައި އެ ރިޕޯޓު ސެކްޝަނުގެ ވެރިޔާގެ ލަފާގެ މަތިން އެކުލަވާލައި ކަނޑައެޅިފައިވާ ދުވަހަށް ނިންމުން.
  15. ކޯޓުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ކަންކަން ސެކްޝަންތަކާ ގުޅިގެން ހިންގައި ބެލެހެއްޓުމާއި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން.
  16. މުވައްޒަފުންގެ ރިޓަޔަމަންޓްގެ މަސައްކަތް ޝަރުޢީ ދާއިރާގެ މުވައްޒަފުންނާ ބެހޭ ޤަވާޢިދުތަކާ އެއްގޮތަށް ކުރުން.
  17. ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގެ މަސައްކަތް ކުރުން.
  18. ކޯޓުގެ މުވައްޒަފުންނާ ގުޅޭ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން.
  19. މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާ ތަޖްރިބާ ދެނެގަނެ ޝޯޓްޓަރމް/ލޯންގް ޓާރމް ޓްރޭނިންގ ރިކްއަރމެންޓް އެކުލަވާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ޓްރޭނިންގތައް ދެވޭނެގޮތް ހަމަޖައްސާ ޓްރޭނިންގެ ކަންތައްތައް ހިންގާ ބެލެހެއްޓުން.
  20. މުވައްޒަފުންނަށް އެނގެންޖެހޭ ޤާނޫނާއި ޤަވާއިދުތަކައް މުވައްޒަފުން ހޭލުންތެރިކުރުވުން.
  21. ކޯޓުގެ މުވައްޒަފުން އިސްލާޙް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  22. މުވައްޒަފުން މަސައްކަތް ކުރުމަށްޓަކައި ރައްކާތެރި (ސިއްހީ/ނަފްސާނީ/ޖިސްމާނީ) މާޙައުލެއް ޤާއިމް ކޮށްދިނުން.
  23. މުވައްޒަފުންގެ ރެޖިސްޓްރީ، ޝަރުޢީދާއިރާގެ މުވައްޒަފުންނާބެހޭ ޤަވާއިދުގައިވާ ގޮތަށް ބެލެހެއްޓުން.
  24. ބަޖެޓް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ޗުއްޓީއަށް ވަޑައިގެންނެވުމުން ބަޖެޓް ސެކްޝަންގެ ހުރިހާ މަސައްކަތްތައް ބެލެހެއްޓުން.
  25. SAP ބޭނުން ކުރައްވައިގެން މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް މަހުން މަހަށް ދިނުމުގެ އިންތިޒާމް ހިންގާ ބެލެހެއްޓުން.

ތަޢުލީމީ ރޮނގު

ބިޒްނަސް / އެޑްމިނިސްޓްރޭޝަން/ އެޗް.އާރު/ މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ހިއުމަން ރިސޯސް މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު.

2- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.

5- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާނސްކްރިޕްޓްގެ ކޮޕީ.((އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- ކުރުމުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތައް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ

7- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯޓުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލޮފިކޭޝަން އެސެސްމަންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިޖެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރިޑޭޓްކޮށް ހުށަހެޅުން. (އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

8-   މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފިރުހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. (އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

9- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ ((އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

18 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

 

 

-          މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާއި، ވެބްސައިޓްwww.drugcourt.gov.mv  އިން ލިބެން ހުންނާނެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:3018556

- އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: ޑްރަގް ކޯޓު، ޢިއްޒުއްދީން މަގު.

- އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް:  [email protected]

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދަންނަވަމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮންޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން

5%

މަސައްކަތުގެ ތަޖްރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަވިއު

30%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.

- އިނގެރޭއްސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

- ލީޑަރޝިޕްގެ ހުނަރު  ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން ޓީމު ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.

- މަސައްކަތްތައް  ރާވައި އިސްކަންދޭ ތަރުތީބުން އިންތިޒާމްކުރުމުގެ ހުނަރު ލިބިފައިވުން.

-މައިކްރޮސޮފްޓް އޮފީސް ޕެކޭޖް މަތީ ފެންވަރެއްގައި ބޭނުންކުރަން އެނގުން.

-  SAP ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.

- ޝަރުއީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި އަދި އެނޫންވެސް އެހެނިހެން ޤާނޫނުތަކާއި ގަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.

- އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

 

05 އޮގަސްޓް 2021
ހޯދާ